ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު -- ފޮޓޯ: ދައުރު
ހަބަރު
20 Oct 2025 | 11:07
ބައިބައިވާންޖެހޭ ސަބަބެއް ނުވިސްނޭ، ތަރައްގީ ލިބެނީ ސިޓީ ކައުންސިލާއެކު: ހަސަން ސައީދު

އައްޑޫ ފޭދޫއަށް ތަރައްގީ ލިބެމުންދަނީ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކަމަށާއި، ބައިބައިވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް އުފެއްދުމާ ގުޅޭގޮތުން މި މަހުގެ 25 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓާ ގުޅިގެން، ފޭދޫ ރައްޔިތުންނަށް އެޑްރެސްކޮށް ހަސަން ސައީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، މިވަގުތު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއް ނުވަތަ އަތޮޅެއްގައި ވެސް އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު މަޝްރޫޢު ކުރިއަށްދަނީ އައްޑޫގައި ކަމަށެވެ.

އެ މަޝްރޫޢުގެ ދަށުން އަންނަ އަހަރު ފޭދޫގެ ޓޫރިޒަމް ޒޯނުގައި 536 ޓޫރިސްޓް އެނދާއި، ރާއްޖޭގެ އެންމެ ބޮޑު އެއް ރެސްޓޯރަންޓް، ޖިމްނޭޒިއަމް، ސްޕާ، ޑައިވިންގ ސެންޓަރު އަދި ވޯޓަރ ސްޕޯޓްސް ފަދަ ޚިދުމަތްތައް ޤާއިމްކުރެވޭނެ ކަމަށް ހަސަން ސައީދު ވިދާޅުވިއެވެ.

އެހެންނަމަވެސް، ރަށު ކައުންސިލް އުފެއްދުމާ ގުޅިގެން މިހާރު ވަނީ 200 މިލިއަން ރުފިޔާގެ ލޯނު ހުއްޓިފައި ކަމަށާއި، ސާވިސް އައިލެންޑްގެ ގޮތުގައި ސަވާހިލި ކުރިއަށް ނުދިއުމާއި، ފޭދޫ ޓޫރިޒަމް ޒޯނުގެ ފެނާއި ނަރުދަމާގެ މައްސަލަ ދިމާވެފައިވާ ކަމަށް ހަސަން ސައީދު ފާހަގަކުރެއްވިއެވެ.

އަދި ފޭދޫ ވަކި ތަނެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އާ އެއްބަސްވުންތަކެއް ހަދަން ޖެހި، އެ އެއްބަސްވުންތައް ވުމުގެ ކުރިން މާލީ އެއްވެސް އިދާރާއަކުން އެ ޒޯނާ ގުޅޭ ކަމަކަށް ލޯނު ނުދޭނެ ކަމަށް ހަސަން ސައީދު ވިދާޅުވިއެވެ.

އައްޑޫގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ބޭރު ޤައުމުތަކުން ގަމަށް ސީދާ ފްލައިޓްތައް ގެނައުމާއި، އަތޮޅުގެ އެނދުގެ ޖާގަ ދެގުނަ ކުރުމާއި، ކަނޑާއި ވައިގެ މަގުން ފުވައްމުލަކާއި ހުވަދު އަތޮޅުގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި 1,000 ޓޫރިސްޓް އެނދު ގާއިމްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅެނީ މަހުޖަނުން ނޫން ކަމަށާއި، އެއީ އަތޮޅަށް ނިސްބަތްވާ ވަރަށް އާދައިގެ އިޚްލާޞްތެރި ބައެއްކަމަށް ވެސް ހަސަން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެ ނިޒާމު ފުނޑުފުނޑުކޮށްލާ ބައިބައިވާންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. މިއަދު ބައިބައިވުމަށް އަޅުގަނޑުމެން ތި ހޭދަކުރާ ވަގުތާއި ފައިސާ އާއި ހަކަތަ ބިނާކުރަނިވި ކަންކަމަށް ހޭދަކުރަމާތޯ އެވެ؟

ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު

ތިން އަވަށެއްގައި ރަށު ކައުންސިލް އުފެއްދުމާ ގުޅޭ ވޯޓު ނެގުމަށް ތައްޔާރުވަމުންދާއިރު، ހަސަން ސައީދު ވިދާޅުވީ އަތޮޅުގެ އިޤްތިޞާދު ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުން ސިޔާސީ ކަންކަން އެއްކިބާކޮށް، ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ.

އަދި ގުޅިގެން ހައްލު ހޯދުމުގެ ބަދަލުގައި އަވަށާއި މީހުން ޖެހި، ޒުވާބުކޮށް، މާރާމާރީ ހިންގާ ހިސާބަށް ގެންދަން އުޅެނީ ކޮން ކަމެއް ނުވެގެންތޯ ހަސަން ވަނީ ސުވާލު އުފައްދަވާފައެވެ. އޭގެ ބަދަލުގައި މި މަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ ހޯއްދެވުމަށް ހަސަން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވައިފައެވެ.

އަޅުގަނޑުމެންގެ ހުރިހާ ސިޔާސީ، ވަތަނީ، ޒާތީ ތައައްސުބު އެއްކިބާކޮށް، މި މަހުގެ ފަހުކޮޅު ރައީސް މުހައްމަދު މުއިއްޒު އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ބަންދުކޮށްފައި ހުރި ރިސޯޓުތައް ހުޅުވުމުގައި އެހީތެރިވެދިނުމަށާއި ގެސްޓުހައުސްތަކަށް އެއްބަސްވި ލޯނު އަވަސް ކޮށްދިނުމަށާއި ސާވިސް އައިލެންޑެއްގެ ގޮތުގައި ސަވާހިލި ހަމަޖެއްސުމުގެ ހުއްދަ ދެއްވުމަށާއި ބޭރުން ގަމަށް ފްލައިޓް ގެނައުމުގައި އެއާލައިންތަކަށް ބޭނުންވާ ލުއިތައް ދިނުން ފަދަ ކަންކަމަށް އެދެމާތޯ އެވެ؟

ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު

ފާހަގަކުރެވޭ ގޮތުގައި މި ހޮނިހިރު ދުވަހު އޮންނަ އިންތިހާބަކީ ވަކި ސަރަހައްދެއްގައި ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް އާންމުންގެ ޚިޔާލު ހޯދުމުގެ ޤާނޫނެއް އެކުލަވާލުމަށްފަހު އެ ޤާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓެވެ.

އެ ވޯޓާއި އެކު ސޯޝަލް މީޑިޔާގައި އެކި ފަރާތްތަކުން އެ ފަރާތްތަކުގެ ޚިިޔާލު ފާޅުކުރަމުންދާއިރު، އޭގެ ތެރޭގައި އެ ދާއިރާގެ މަޖިލިސް މެންބަރުން ވެސް ހިމެނެއެވެ.

އެގޮތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ތާއީދުކުރައްވަނީ ނި ޒާމީ ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް ބައިބައިނުވެއައްޑޫ ސިޓީ ކައުންސިލު، މިހާރު އޮންނަ ގޮތަށް އޮތުމަށެވެ.

އެހެން ނަމަވެސް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) އާއި މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން ވެސް ތާއީދުކުރައްވަނީ ފޭދޫ އަދި މީދޫގައި ވަކި ރަށު ކައުންސިލެއް ގާއިމުކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.