މިއަދު ކުރިއަށްދިޔަ ވޮޓުލުމުގެ ތެރެއިން.. ފޮޓޯ: ވޮއިސް ކިޔުންތެރިއެއް
ހަބަރު
25 Oct 2025 | 17:22
އައްޑޫ ވޯޓު: ފޭދޫ ބުރަވަނީ ވަކިނުވާން، މީދޫ އާއި ހުޅުދޫ ބޭނުމީ ވަކިވާން

އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމުގެ ވޯޓުގައި، ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް މީދޫ އަދި ހުޅުދޫގެ ރައްޔިތުން ނިންމައިފިއެވެ.

މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީއްޖާ ދައްކާ ގޮތުން މީދޫ އަދި ހުޅުދޫގެ ރައްޔިތުން ބޭނުންވަނީ އެ ރަށްތަކުގައި ވަކި ކައުންސިލެއް އޮންނަ ގޮތަށް ބަދަލުކުރުމަށެވެ. އެހެން ނަމަވެސް ފޭދޫގެ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލުގެ ބައެއްގެ ގޮތުގައި އެ ރަށް ބޭއްވުމަށެވެ. 

ފޭދޫގެ ނަތީއްޖާއިން ދައްކާ ގޮތުން އެ ރަށުގައި ވަކި ކައުންސިލެއް އޮތުމަށް ވޯޓު ދިނީ 612 މީހުންނެވެ. އަދި ސިޓީ ކައުންސިލުގެ ބައެއްގެ ގޮތުގައި ފޭދޫ އޮތުމަށް 1،822 މީހަކު ވަނީ ވޯޓު ދީފައެވެ.

މީދޫގައި ވަކި ކައުންސިލެއް އޮތުމަށް ނިންމައިފައިވާއިރު، މީދޫގައި ވަކި ކައުންސިލެއް އޮތުމަށް ވޯޓު ދިނީ 841 މީހުންނެވެ. އެކަމާއި ދެކޮޅަށް ވޯޓު ދިނީ 144 މީހުންނެވެ. ހުޅުދޫގައި ވަކި ކައުންސިލެއް އޮތުމަށް ފެންނަ ކަމަށް 720 މީހަކު ވޯޓު ދިންއިރު، އެކަމާއި ދެކޮޅަށް 325 މީހަކު ވަނީ ވޯޓު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.