ރައީސް މުހައްމަދު ނަޝީދު
ހަބަރު
02 Nov 2025 | 18:32
މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫން، ބިން ދޫކުރަން ރަނގަޅީ "ވެށިފަހިމާލެ" ޕްރަގްރާމްގެ ދަށުން: ނަޝީދު

މާލޭގެ ބިން ދޫކުރުން އެންމެ ރަނގަޅީ "ވެށިފަހިމާލެ" ޕްރަގްރާމްގެ ދަށުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. މާލެ ބިމުގެ ބަހުސް އެބަ ހިނގާ ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ މާލެ އަކީ ވަކި ބައެއްގެ ރަށެއް ނޫންކަން އެމަނިކުފާނުގެ "ކިލާމާލެ" ފޮތުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

"މިސާލަކަށް 1750 ގައި މާލެ ބޯހިމެނުމުގައި ފެންނަނީ މާލޭގައި ގިނައިން ދިރިއުޅެނީ ސަރަހައްދީ ކަރަތަކުގެ މީހުންނާއި ރާއްޖޭގެ އެކި ރަށްރަށުގެ މީހުން ކަން. މިހާރު ކެލާގެއިން ފެށިގެން މާވެޔޮއަތިރިއާ ހަމަައަށް އެއީ ކެލާ އެދުރުކަލޭފާނުގެ ގޯތި. އައްޑޫ ސިއްކަ ގެ އެއީ މިހާރުގެ ސިއްކަގެ އިން ފެށިގެން މާލޭ އުތުރު އަތިރިއަށް. މާލޭގައި ކޮންމެ ރަށަކަށްހެން ގެއެއް ހުންނާނެ. 1750 ގައި ގިނަވާނީ ބަބުރުން, މަލަބާރުން, ތުރުކީ އަދި މިހެން ގޮސް މި ބާވަތުގެ ސަަރަހައްދީ ރަށްރަށުގެ މީހުން," ރައީސް ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދު ވިދާޅުވީ މާލޭގެ ބިން ދޫކުރުން އެންމެ ރަނގަޅީ "ވެށިފަހިމާލެ" ޕްރަގްރާމްގެ ދަށުން ކަމަށެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި ޕްރަގްރްމާކެވެ. އެ ޕްރަގްރާމްގެ ދަށުން ހުޅުމާލެ އިން ގޯތި ދޫކުރީ މާލެއިން ލިބިފައިވާ ބިންކޮޅު ދޫކޮށްލުމުންނެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މާލެ މީހުންނަށް ވެސް އެހެން ރަށްރަށުން ބިން ލިބޭނެ ގޮތް ވުން ބޭނުންތެރި ކަަމަށެވެ.

މިދިޔަ ސަރުކާރުގައި މާލެ މީހުންނަށް ގޯތި ދިނުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެއާ ގުޅިފަޅާއި ގިރާވަރުފަޅުން ގޯތިތަކެއް ދޫކޮށްފަ އެވެ. ނަމަވެސް ހުޅުމާލެއިން މަދު ބަޔަކަށް ގޯތި ދިނުމާއި އެހާ އަގުބޮޑު ބިމަކުން ގޯތި ދިނުމުން އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އެެބަ އޮތެވެ.

ކޮމެންޓް
އިއްބެ
ރައީސްނަޝީދަކީ ވަކިގެޔެއްގެމީހެއްނޫން ދިވެހިރާއްޖޭގެމީހެއް
02 Nov 2025
އިއްބެ
އެކަމަކު ފޮތުގައިލިޔުއްވާފައިއޮންނަނީ ރައީސްނަޝީދު. ޚެނެރީގެ ކ.މާލެ. ޢިބުރާހީމް އަލިވާގެއދ.މާމިގިލި މިހެންލިޔަންޖެހޭސަބަބު ނަޝީދުބަޔާނކޮށްދީ
02 Nov 2025
ގުޅޭ ލިޔުންތައް
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.