މަގުގެ ކަންމަތީ ސައިކަލްތައް ޕާކްކޮށްފައި-- ފޮޓޯ/ ޕޮލިސް
ހަބަރު
04 Nov 2025 | 13:39
އާންމުންނަށް އުނދަގޫ ވާގޮތަށް، ޕާކްކޮށްފައި ހުންނަ ސައިކަލްތައް ޓޯކުރަނީ

ހިނގާބިނގާވެ އުޅުމަށާއި، އާންމު ދަތުރުފަތުރުތަކަށް ދަތިވާނެ ގޮތަށް، މާލެސިޓީގެ މަގުތަކުގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މާލޭގެ މަގުތަކުގައި އުސޫލްތަކާ ހިލާފަށް އުޅަނދުތައް ޕާކްކުރާ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. ހައްސަ ގޮތެއްގައި ދެފުރޮޅުލީ އުޅަނދުފަހަރު ގަވާއިދާ ހިލާފަށް ޕާކްކުރުން އިތުރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓުގައި ބުނެފައިވަނީ އުސޫލްތަކަާ ހިލާފަށް މަގުމަތީ ޕާކްކޮށްފައި ހުންނަ ސައިކަލްތައ ްނެގުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ފުލުހުން ވަނީ، އުޅަނދުތައް ޕާކްކުރާއިރު ކަފިހިހުރަސްތަކާއި، ލައިން ދަމާފައިވާ ސަރަހައްދުތަކާއި، ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ޕާކިން ޒޯނުން ބޭރުގައި ހުންނަ ސައިކަލްތައް ނެގުމުގެ މަސައްްކަތް ފުލުހުން ފަށާފައިވާއިރު، ފުލުހުން ވަނީ މިދިޔަމަހު މާލޭގެ އެކި ސަރަހައްދުތަކުގައި 4 ފުރޮޅުލީ އުޅަނދުތައް ޕާކްކުރުމަށް ހާއްސަކުރި ޖާގަތަކުގައި ބަހައްޓާފައިހުންނަ ސައިކަލްތައް ޓޯކުރުމުގެ މަސައްކަތް ފަށާފައެވެ.

މާލެ ސަރަހައްދުގައި އެންމެ ބޮޑު މައްސަލައަކީ އެއްގަމު އުޅަނދުފަހަރު ގިނަވުމުގެ މައްސަލައެވެ. އުޅަނދުތައް ގިނަވެ ޕާކްކުރުމުގެ މައްސަލަ މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މާލެ ސަރަހައްދުގައި ޕާކްކުރާނޭ ޖާގަ ނުލިބުމުން ގިނަ މީހުން އުޅަނދުތައް މިހާރު ޕާކްކުރަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.