ށަހީދު ހުސައިން އާދަމް ބިލްޑިންގ -- ފޮޓޯ/ ވޮއިސް
ހަބަރު
04 Nov 2025 | 08:39
ތާރު އެޅުމުގެ މަސައްކަތަށް ޓްރެފިކް ފުލޯ އަށް ބަލަލު ގެނެސްފި

 މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް, އާންމު ޓްރެފިކަށް ބަދަލުތަކެއް ގެންނަން ފުލުހުން ނިންމައިފިއެވެ.

އެކްސްގައި ކުރި ޓްވީޓެއްގައި ފުލުހުން ބުނީ މި މަސައްކަތްކުރުމަށް ރޭގެ 08:00 އިން ފެށިގެން މަގު ބަންދުކުރެވޭނެ ކަމަށެވެ. 

މި މަސައްކަތްތަކަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އިން ފެށިގެން ޖުމްހޫރީ މައިދާނާއި މަސްމާރުކޭޓު ހިމެނޭ ސަރަޙައްދުން ހުސައިނީ ގޯޅިއާއި ހަމައަށް ބޮޑުތަކުރުފާނު އެއްކޮށް ބަންދުކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ޖުމްހޫރީ ހިނގުމާއި، ޗާންދަނީ މަގާއި، އިބްރާހީމް ހަސަން ދީދީ މަގާއި އެއްކޮށް ބަނދުވެ، މުހަންމަދު އިސްމާއީލް ދީދީ ގޯޅިއާއި، ކަނޑި ދޮން މަނިކު ގޯޅީގެ ވަކި ހިސާބަކުން އާއްމު ޓްރެފިކަށް ބަންދުވާނެއެވެ. އަދި އެސްޓީއޯ ޓްރޭޑު ސެންޓަރާއި ހަމައަށް ހުސައިނީ ގޯޅިއާއި އޯކިޑު މަގުގައި ޕާކުކުރުން ވެސް މަނާވާނެއެވެ. ނަމަވެސް މި ސަރަހައްދުގައި އުޅަނދުފަހަރު ދުއްވާ އުޅެވޭނެއެވެ. 

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މި އަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓު 22 ގައެވެ. މިއީ އެއް އަހަރާއި ތިން މަހުގެ ތެރޭ ނިންމާ ގޮތަށް، ސަރުކާރުން 144.5 މިލިއަން ރުފިޔާ ހަރަދުކޮށް، މިދިޔަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. 

މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅާ، އެ ސަރަހައްދުގައި ފެން ހިންދާ ނިޒާމެއް ގާއިމުކޮށް، ފެންބޮޑުވާ މައްސަލައަށް ވެސް ހައްލު ލިބޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް، އެކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.