ތައުލީމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް އަމިއްލަ ކުންފުނިތަކަށްދީފި

ތައުލީމީ ދާއިރާގެ ބައެއް މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

ތައުލީމީ ދާއިރާގެ ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ސަރުކާރުން މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

މިހާރު ބަސެލޯ ނަސަންދުރާގައި ކުރިއަށްދާ ރަސްމިއްޔާތުގައި ސަރުކާރުން ވަނީ ތައުލީމީ ދާއިރާގެ ވަރަށްގިނަ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއަދު އެކަނި ހަވާލުކުރި މަޝްރުޢުތަކުގެ ޖުމްލަ އަދަދު 31 ހަށް އަރާނޭކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ތައުލީމީ ދާއިރާ ކުރިއެރުވުމަށް މިއަދު ހަވާލުކުރި މަޝްރޫޢުތަކުގެ ތެރޭގައި ރަށްރަށުގެ ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލްތައް ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުްނ ޔުނިވަރސިޓީގެ ގޮފިތައް އެޅުމުގެ މަސައްކަތްތައްވެސް މިއަދު ވަނީ އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި މުޅިންވެސް ހިމެނެނީ އަމިއްލަ ކުންފުނިތަކެވެ.

މިއަދު ހަވާލުކުރި މަޝްރޫޢުތަކުގެ ތަފްސީލް:

މަތީ ތަޢުލީމްގެ މަޝްރޫޢުތައް

26- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ށ. ފުނަދޫގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން

27- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ޅ. ނައިފަރުގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން

28- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ޅ. ހިންނަވަރުގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން

29- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ތ ވޭމަންޑޫ: އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން

ތައުލީމީ ދާއިރާގެ މަޝްރޫޢޫތައް:

1- އޭއައިޖީ އިންވެސްޓްމަންޓް: ރ. އުނގޫފާރު ސްކޫލްގައި 8 ކްލާސްރޫމް ތަރައްޤީކުރުން

2- އޭއައިޖީ އިންވެސްޓްމަންޓް: ތ. ކަނޑޫދޫ ސްކޫލްގެ ވަށާފާރު ރޭނުމާއި އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން

3- އަލިތޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: ލ. ހިތަދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުންް

4- އަލިތޯ އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް: ރ. ރަސްގެތީމްގައި 8 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލު ތަރައްޤީކުރުން.

5- ސެންޓަލޭންޓް ޕްރައިވެޓް ލިމިޓެޑް: ށ. ފުނަދޫ ސްކޫލްގެ އެޑްމިން ބްލޮކް ޤާއިމްކުރުން

6- އިވޯކާ ޕްރައިވެޓް ލިމިޓެޑް: ލ. އިސްދޫ ސްކޫލްގައި 5 ކްލާސްރޫމް ތަރައްޤީކުރުން

7- އިވޯކާ ޕްރައިވެޓް ލިމިޓެޑް: 10 ސްކޫލްގައި ފުޓްސަލް ޓާފް އެޅުމުގެ މަސައްކަތް.

8- ފްލެކްސިންކް ޕްރިވެޓް ލިމިޓެޑް: ނ. ކުޑަފަރީ ސްކޫލްގައި ސައިންސް ލެބަކާއި 6 ކްލާސްރޫމް ތަރައްޤީކުރުން.

9- ފްލެކްސިންކް ޕްރިވެޓް ލިމިޓެޑް: ބ. ކުޑަރިކިލު ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.

10- ފްލެކްސިންކް ޕްރިވެޓް ލިމިޓެޑް: ތ. ދިޔަމިނގިލި ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.

11- ފްލެކްސިންކް ޕްރިވެޓް ލިމިޓެޑް: ރާއްޖެގެ 50 ސްކޫލްއެއްގައި މަރާމާތުކުރުމުގެ މަސައްކަތް ކުރުން.

12- ހެވީފޯސް ޕްރައިވެޓް ލިމިޓެޑް: ށ. ނަރުދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލްއާއި ކްލާސްރޫމް ތަރައްޤީކުރުން.

13- ހެވީފޯސް ޕްރައިވެޓް ލިމިޓެޑް: ވ. ފެލިދޫގައި ހުރި ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 4 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުން.

14- ހެވީފޯސް ޕްރައިވެޓް ލިމިޓެޑް: ތ. ކިނބިދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލްއާއި 4 ކްލާސްރޫމް ތަރައްޤީކުރުން.

15- ނޫފަރު އެންޓަރޕްރައިސް ޕްރައިވެޓް ލިމިޓެޑް: ކ. ހުރާ ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.

16- ނޫފަރު އެންޓަރޕްރައިސް ޕްރައިވެޓް ލިމިޓެޑް: ފ. މަގޫދޫ ސްކޫލްގައި ހޯލްއާއި ފެސިލިޓީސް ތަރައްޤީކުރުން

17- ނޫފަރު އެންޓަރޕްރައިސް ޕްރައިވެޓް ލިމިޓެޑް: ތ. ވަންދޫ ސްކޫލްގައި 5 ކްލާސްރޫމް ތަރައްޤީކުރުން.

18- އޮޕްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް: ހދ. ނެއްލާދޫގެ އައު ސްކޫލް އިމާރާތް ތަރައްޤީ ކުރުމުގެ މަސައްކަތް

19- އޮޕްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް: ޅ. ނައިފަރު މަދަރުޞަތުލް އިފްތިތާޙްގައި 10 ކްލާސްރޫމްއާއި 2 ސައިންސް ލެބް ތަރައްޤީކުރުން.

20- ސޮލެކްސް ޕްރައިވެޓ ލިމިޓެޑް: ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅުގެ ސްކޫލްގެ އޮފީސް އިމާރާތް ތަރައްޤީކުރުން

21- ސޮލެކްސް ޕްރައިވެޓ ލިމިޓެޑް: ނ. ވެލިދޫގައި ހުންނަ ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 8 ކްލާސްރޫމްއާއި ލައިބްރަރީ ޤާއިމްކުރުން.

22- ސޮލެކްސް ޕްރައިވެޓ ލިމިޓެޑް: ދ. ބަނޑިދޫ ސްކޫލްގައި 8 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން

23- ސޮލެކްސް ޕްރައިވެޓ ލިމިޓެޑް: ގދ. ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާގައި ސެން ކްލާސްރޫމް ތަރައްޤީކުރުން

24- ސޮލެކްސް ޕްރައިވެޓ ލިމިޓެޑް: ރާއްޖޭގެ 15 ސްކޫލްއެއްގައި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުން

25- ވަލީދު ކޮންސްޓްރަކްޝަން: އއ. މާޅޮހު ސްކޫލްގައި ކްލާސްރޫމްއާއި ސައިންސް ލެބް ތަރައްޤީކުރުން

ތައުލީމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް އަމިއްލަ ފަރާތްތަކާ ހަވާލުކުރިއިރު، އަމާޒަކީ އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ކޮންމެހެން ނިންމަންޖެހޭ މަޝްރޫޢުތައް އަވަހަށް ނިންމުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިކަމުގައި އަމިއްލަ ކުންފުނިތަކުގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާަކަންވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ތައުލީމީ ދާއިރާގެ އިތުރުންވެސް ސަރުކާރުން މިއަދު ވަނީ ސިއްހީ ދާއިރާ ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ފަރާތްތަކާ ހަވާލުކޮށްފައެވެ. 

ކޮމެންޓް