މާލީ ވަޒީރު މޫސާ ޒަމީރު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Nov 2025 | 13:20
ރާއްޖެ ބަނގުރޫޓުވާނޭކަމަށް ދެކޭދެކުން މިއަދު ބަދަލުވެއްޖެ: ޒަމީރު

ދިވެހިރާއްޖެ ބަނގުރޫޓްވެދާނޭކަމަށް ދެކޭދެކުން މިއަދު ބަދަލުވެފައިވާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަޝްރޫޢުތައް އަމިއްލަ ފަރާތްތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު، މޫސާ ޒަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮފީ ނާޒުކު ފައްތަރެއްގައިކަމަށެވެ. އެގޮތުން ޤައުމު ބަނގުރޫޓް ވެދާނޭކަމަށް ބެލެވުނުނަމަވެސް މިހާރު ރާއްޖެއަކީ ބަނގުރޫޓްވުމުގެ ތުންފަތްމަތީ އޮތްގައުމެއްކަމަށް ބޭރުގެ ފަރާތްތަކުން ނުދެކޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. 

އެގޮތުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ބައިނަލްއަޤްވާމީ ފަރާތްތަކުގެ އިތުބާރު މިހިނދަށް ލިބިފައި އޮތުމަކީ ސަރުކާރަށް ލިބިފައިވާ ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކުވެރި ޤައުމުތަކުގެ ކިބައިން ދަރަނި ދެއްކުމުގެ ލުއިތައް ރާއްޖެއަށް މިހާރު ލިބިފައިވާއިރު، އެޤައުމުތަކުން މިހާރު ރާއްޖެއާމެދު ދެކެނީ އިތުބާރު އޮތް ޤައުމެއްގެ ގޮތުގައިކަން ވަޒީރު ފާަހގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖެ މިހާރު އޮތީ ދަރަނި އަދާކުރެވޭ ހާލަތުގައި ކަމަށާއި، އެކަމަށް ބޭނުންވާ ފަންޑުވެސް އެބައޮތްކަމަށެވެ.

ދަރަނި ދައްކާ ފަންޑުގައި ސަތޭކަ މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ މި ވަގުތު އެބަ ހުރި. މި ހިނގާ އަހަރުގެ ދައުލަތުގެ އާމްދަނީއަށް ބަލާއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ ބައްތިރީސް ޕަސެންޓަށް އުފުލިގެންދާނެ

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ

ވަޒީރު ވިދާޅުވީ މި ސަރުކާރުން މަޝްރޫޢުތައް ހަވާލުކުރަނީ އެކަން ކުރެވޭނެ ގާބިލުކަން ހުންނަ ކުންފުނިތަކާ ކަމަށާއި، މި މަޝްރޫޢުތަކުގެ ތެރެއިން ސަރުކާރުން 4 އަމާޒެއް ހާސިލްކުރަން ބޭނުންވާަކަމަށެވެ. އޭގެ ތެރޭގައި ކުންފުނިތަކަށް ފައިސާ ދިނުމުގައި ހަރުދަނާ ނިޒާމެއް އެކުލަވާލެވިފައި އޮތުމާއި، މެއިންޓަނަންސްްގެ ޒިންމާތައް ޔަގީންކުރުމާއި، މަޝްރޫޢުތައް ހިންގުން ވަޒަން ކުރުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ތެރެއިން ދިވެހިންގެ ފުދުންތެރިކަން އިތުރުވެގެންދޭތޯ ބެލުމަކީވެސް އަމާޒެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރުވެސް ވަނީ މަޝްރޫޢުތައް ހިންގާ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ގަވާއިދުން ދޭނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސަރުކާރުން މިއަދު ވަނީ ގެދޮރުވެރިކަމާއި ތައުލީމީ ދާއިރާގެ އިތުރުްނ ސިއްހީ ދާއިރާއިން ގިނަ އަދަދެއްގެ މަޝްރޫޢުތައް އަމިއްލަ ފަރާތްތަކާ ހަވާލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.