ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް
ރިޕޯޓް
07 Nov 2025 | 19:48
ރޭވިޔަސް ގިނަ ބަޔަކު ހުޅުމާލެ ފަރުމަތީ، ކޮން ކަމެއް؟

މި ދުވަސްވަރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެ އިން މާލެއަށް އެއްގަމާއި ކަނޑުގެ މަގުން ދަތުރުކުރާ މީހުންނަށް މި މަންޒަރު ފެންނާނެ އެވެ. އެއީ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި ހުޅުމާލެ ފަރުމަތި ހިކި ތޮށިމަތީ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވާ މަންޒަރެވެ.

ހުޅުމާލެއާ މާލެ ގުޅޭ ހައިވޭ ފެށޭ ސަރަހައްދުގެ ފަރުމަތީން ތޮށިގަނޑު ވަަރަށް ބޮޑަށް ހިކޭތާ ހަފްތާއެއްހާ ދުވަސް ވަނީ އެވެ. ހެނދުނުގެ ބައެއް ވަގުތުތަކާއި ހަވީރާއި ރޭގަނޑުގެ ބައެއްގައި ބޮޑު ސަރަހައްދެއް ހިކިފައި އޮވެ އެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

އެ ވަގުތުތަކުގައި ވަރަށް ގިނަ ބަޔަކު ތޮށިގަނޑު މަތީ އުޅެ އެވެ. މިއީ ބައެއް މީހުންނަށް ތަފާތު މަންޒަރެކެވެ. ވަރަށް ގިނަ މީހުން އެ މީހުން ތޮށިގަނޑު މަތީ ކުރަނީ ކީއްތޯ ސުވާލު ކުރެ އެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

ހަވީރު ފަރުމައްޗަށް އެރޭ މީހުން ރޭގަނޑުވާއިރުވެސް އުޅެ އެވެ. ގުދުވެ ގުދުވެފައި އެއްޗެހި ހޮވާ މަންޒަރު ފެނެ އެވެ. ގައުތައް ދުރުކޮށް އެއްޗެއް ހޯދަން އުޅޭ ތަން ފެނެ އެވެ. ރޭވުމުން ބައްތިތައް ދިއްލާ އެ މަސައްކަތުގައި އަވަދިނެތި އުޅޭ މަންޒަރެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

ބައެއް މީހުން ދަނީ އާއިލާއާ އެކުގަ އެވެ. ބައެއް މީހުން އެ މީހުންގެ އެކުވެރީންނާއެކު އެވެ. ވަކީން ގޮސް އުޅޭ މީހުން ވެސް ފެނެ އެވެ.

ފަރުހިކިފައި އޮންނަ ވަގުތު ތޮށިމަތީ ގިނަ ބަޔަކު އުޅެނީ ކެއުމަށް ބޭނުންވާ މޫދުގެ އެކި ބާވަތްތައް ހޯދުމަށެވެ. އެ ބާވަތްތަކަށް އެކި ރަށްރަށުގައި މީހުން ކިޔާ ނަންތައް ތަފާތެވެ. ބައެއް މީހުން ކިޔަނީ ސަނދަރަ އެވެ. އަނެއް ބަޔަކު ހަންދަ ވެސް ކިޔަ އެވެ. ބައެއް ހިސާބުތަކުގައި ހަންދަބުރި އޭވެސް ކިޔަ އެވެ. މީގެ އިތުރުން ކޯނާއި ތުންއެނބުރި އާއި ރާކަނިވެސް ފަރުމަތީން ފެނެ އެވެ. މިއީ ބައެއް މީހުންނަށް ވަރަށް މީރު އެއްޗެކެވެ. އޭގައިވާ މަސްކޮޅަކީ ފިހެންނާއި އެނޫން ގޮތްގޮތަށް ތައްޔާރުކޮށްގެން ކައިލާން ވަރަށް މީރު އެއްޗެކެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

ފަރުހިކިފައި އޮންނަ އިރު ބައެއް ފަހަރު ވަރަށް ފަސޭހައިން ބޯވަ ވެސް ހިފެހެ އެވެ. ތޮށިމައްޗަށް ގޮސް އުޅޭ ބައެއް މީހުން ދަނީ ބޯވައެއް ފެނޭތޯ އެވެ. އެ މީހުން ފަރުމައްޗަށް ދަނީ ބޯވަ ނެގުމަށް ބޭނުންވާ ދަނގަޑުފަދަ ތަކެތި ހިފައިގެންނެވެ. 

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

މިއީ މާލެ ސަރަހައްދުން އާންމުކޮށް ނުފެންނަ ކަމެއް ނަމަވެސް އަތޮޅުތެރޭގައި ވަރަށް ފޯރީގައި މީހުން ކުރާ ކަމެކެވެ. ފަރު ހިކުމުން ރަށުގެ ވަރަށް ގިނަ ބަަޔަކު ފަރުމައްޗަށްމ ގޮސް އުޅެ އެވެ. ބައެއް މީހުން ދަނީ ބޮލި ހޮވާށެވެ. އަނެއް ބަޔަކު ދަނީ ކުރީން ދެންނެވި ފަދަ މޫދު ކާނާގެ ބާވަތްތައް ނަގާށެވެ. އަނެއް ބަޔަކު ދަނީ ހިތްގައިމު އެ މަންޒަރު ބަލައިލާށެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

ހަގީގަތުގައިވެސް އެގޮތަށް ފަރު ހިކިފައި އޮންނައިރު ހިތްގައިމު މަންޒަރެއް ފެނެ އެވެ. ރީތި ރީތި ކުދިކުދި މަސްތައް ފެންކޮޅުކޮޅުގައި ދުވެލާފައި އުޅޭ މަންޒަރު އެއީ ބަލާ ފޫހި ނުވާ މަންޒަރެކެވެ. ކުޑަކުދީން އެ މަންޒަރަށް ވަރަށް ޝައުގުވެރިވެ އެވެ. ބައެއް ކުދީން މަސް ހިފާން ވެސް އުޅެ އެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

އަނެއްކޮޅުން ފަރުމަތީ ހިނގާލާ އުޅުމަކީ ހިތަށް ހަމަޖެހުން ގެނެސްދީ މުނިފޫހިވެސް ފިލާނެ ކަމަކަށް ވެ އެވެ. ރޭވިޔަސް ހުޅުމާލެ ފަަރުމަތީން ގިނަ ބަޔަކު ފެންނަނީ އެހެން ވެގެނެވެ. ފަރު ހިކިފައި އޮންނައިރު ފަރަށް ގޮސް ތަޖުރިބާކޮށްލުމަކީ ވަރަށް ސަޅި ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.