ޑްރޯނުގެ އެހީގައި ސިފައިން އަތުލައިގަތް އުޅަނދު..
ހަބަރު
08 Nov 2025 | 21:33
ޑްރޯން ބޭނުންކޮށްގެން ސިފައިން އަތުލައިގަތީ ލަންކާގެ ޑްރަގް ބޯޓެއް

ރާއްޖެ ސަރަހައްދަށް ގަވާއިދާހިލާފަށް ވަދެގެން އުޅެނިކޮށް ދިވެހި އަސްކަރިއްޔާއިން ޑްރޯން ބޭނުންކޮށްގެން މިދިޔަ ބުދަދުވަހުގެ ރޭ އަތުލައިގަތީ ލަންކާގެ ޑްރަގް ބޯޓެއްކަމަށް އެޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މިކަމާ ގުޅިގެން އަވައްޓެރި ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ދިވެހި ސިފައިން އަތުލައިގަތީ ލަންކާއަށް ނިސްބަތްވާ އުޅަނދެއްކަމަށެވެ. އެ ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް ލަންކާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން އަތުލައިގަތް އެ އުޅަނދުގައި 6 މީހުން ތިބިކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ފުލުހުންވެސް ވަނީ އަތުލައިގަތް ބޯޓުގައި މަސްތުވާތަކެތި ހުރިކަމަށް ބުނެފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެ އުޅަނދު އަތުލައިގަތްކަން ހާމަކުރަމުން އެމްއެންޑީއެފުން އިއްޔެ ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާހިލާފަށް ވަދެއުޅުނު އެ ބޯޓު އަތުލައިގަނެފައިވަނީ، އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައިކަމަށެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބުދަދުވަހުގެ ރޭ ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. 

ރާއްޖެ ސަރަހައްދުން ޑްރަގް ބޯޓެއް އަތުލައިގަނެފައިވާއިރު، ލަންކާ ސިފައިންވެސް ވަނީ މިފަހަކުން ޑްރަގް ބޯޓެއް އަތުލައިގަނެފައެވެ. ލަންކާގެ ނޫސްތަކުން ބުނީ އެ ބޯޓުގައި 251 ކިލޯ 18 ގްރާމް ކްރިސްޓަލް މެތާއި 85 ކިލޯ ހެރޮއިން ހުރިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.