ހުޅުމާލެ ހޮސްޕިޓަލް -- ފޮޓޯ: ފައިލް ފޮޓޯ
ހަބަރު
09 Nov 2025 | 16:38
ހުޅުމާލެ ހޮސްޕިޓަލްގެ އޮޑިޓް؛ ބޭސް ފިހާރައާ ކެންޓީނުން ކުލި ނުދައްކާ، އުސޫލާ ޚިލާފަށް ބިން ދޫކުރި

އެއްބަސްވުމެއް ނެތި ބޭސް ފިހާރައެއް ހިންގުމަށް ހުޅުމާލެ ހޮސްޕިޓަލްގެ ގޯތީގެ ބިމުން ބައެއް ކުންފުންޏަކަށް ދޫކޮށްފައިވާ ކަމަށާ ކުއްޔަށް ދޫކޮށްފައިވާ ބޭސްފިހާރަތަކުންނާއި ކެންޓީނުން ލިބެން ޖެހޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދާފައިނުވާ ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް އަދި 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް ނެރެފަ އެވެ. އެ ރިޕޯޓްގައި ވަނީ މާލީ ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ.

އެގޮތުން އެއްބަސްވުމެއް ނެތި ބޭސް ފިހާރައެއް ހިންގުމަށް ހުޅުމާލެ ހޮސްޕިޓަލްގެ ގޯތީގެ ބިމުން ބައެއް ކުންފުންޏަކަށް ދޫކޮށްފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ބޭސްފިހާރަތަކުންނާއި ކެންޓީނުން ލިބެން ޖެހޭ 1,739,375 ރުފިޔާ ހޯދުމަށް މަސައްކަތް ކޮށްފައިނުވާ ކަމަށް ވަނީ ބުނެފަ އެެވެ.

އަދި ހުޅުމާލެ ހޮސްޕިޓަލްގެ މިލްކިއްޔާތުގެ ބަޔާނުގައި 2021 ވަނަ އަހަރު ނިމުނުއިރު އާސަންސަ ފިޔަވައި ހުޅުމާލެ ހޮސްޕިޓަލަށް ލިބެން ޖެހޭ ފައިސާގެގޮތުގައި ދައްކާ 9,423,221 ރުފިޔާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެއްބަސްވުންތައް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލެއް ނުކުރޭ

އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން ހުޅުމާލެ ހޮސްޕިޓަލް އާސަންދައިގެ ދަށުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުވީ ނަމަވެސް އާސަންދައިގެ ދަށުން ހިނގަމުން ދިޔައިރު ކުއްޔަށް ދީފައިވާ ހުޅުމާލެ ހޮސްޕިޓަލްގެ ދެ ބޭސް ފިހާރައާ ކެންޓީންގެ އެއްބަސްވުން ހުޅުމާލެ ހޮސްޕިޓަލްގެ ނަމަށް ބަދަލެއް ނުކުރެ އެވެ.

އެހެން ކަމަުން އެކަން އިސްލާހް ކުރުމަށް ރިޕޯޓްގައި ވަނީ އަންގާފަ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހޯދުމަށް އިދާރާތަކާއި މަޝްވަރާކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަންގާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.