ރައްޔިތުންގެ މަޖިލިސް... ފޮޓޯ: މަޖިލިސް އިދާރާ
ހަބަރު
10 Nov 2025 | 16:00
ޓްރޭޑް މާކްބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް އިތުބާރުއުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓްރޭޑް މާކް ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހަޅާފައިވަނީ މަޑުއްވަރި ދާއިރާގެ މެންބަރު އަޙްމަދު ޒާހިރުއެވެ. މަޖިލީހުގެ ތަޅުމުން މި ބިލް ފާސްކޮށްފައިވަނީ އިގްތިސާދީ ކޮމިޓީން ބިލަށް ހުށަހެޅި ބައެއް އިސްލާހްތަކާ އެކުގައެވެ. 

މި ބިލުގައިވާގޮތުން ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރުގެ މުއްދަތަކަށް ނަމަވެސް މުއްދަތު ހަމަވުމުން، އަނެއްކާވެސް މުއްދަތު އިތުރުކުރެވިދާނެއެވެ. 

އެ ބިލުގައި ޓްރޭޑްމާކުގެ ވެރިފަރާތަށް ލިބިގެންވާ ހައްގުތަކަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ހައްގުތަކަށް އަރައިގަނެއްޖެނަމަ އެޅޭނެ ފިޔަވަޅުތައްވެސް ބިލުގައި ތަފުސީލުކޮށް ބަޔާންކޮށްދީ، ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ.

އޭގެ އިތުރަށް ކައުންޓާފިޓް މުދާ ރާއްޖޭގައި އުފެއްދުމާއި ވިއްކުމާއި ރާއްޖެއިން ބޭރުކުރުން ބިލުގައި މަނާކޮށްފައިވެއެވެ. އަދި އެފަދަ މުދަލެއް އުފައްދައި، އެއިން ވިޔަފާރިކޮށް، ރާއްޖެއިން ބޭރުކުރުމުގެ އަމަލެއް ހިންގައިފިނަމަ އެ ފަރާތެއް 100،000 ރުފިޔާއާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަަނާކުރެވޭނެ ކަމަށް ބިލުގައި ބުނެއެވެ.

މި ބިލާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ޓްރޭޑްމާރކާއި ބެހޭ ބިލަކީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދުމަށް މުހިއްމު ބިލެއްކަމަށެވެ. މި ބިލް ޤާނޫނަކަށް ވެގެން ދިއުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް އިތުބާރު އުފެދިގެންދާނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.