ކާރު ގޮއްވާލި ސަރަހައްދު ފާސްކުރުމުގެ ތެރެއިން --ފޮޓޯ/ އޭއެފްޕީ
ހަބަރު
11 Nov 2025 | 13:51
ދިއްލީގައި އެއްޗެއް ގޮއްވާލުން: ކާރުގެ ވެރިފަރާތް ހައްޔަރުކޮށްފި

އިންޑިއާގެ ނިއުދިއްލީގައި އިއްޔެ ދިން ނުރައްކާތެރި ބޮމުގެ ހަމަލާ އަމާޒުކުރި ކާރުގެ ވެރިފަރާތް ހައްޔަރުކޮށްފިކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ވެރިރަށް ދިއްލީގެ ރެޑް ފޯޓުގައި ދިން މި ހަމަލާގައި 13 މީހަކު މަރުވެ 20 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް އިންޑިއާގެ އޮފިޝަލުން ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅޭގޮތުން އިންޑިއާގެ ބައެއް ބޮޑެތި މީޑިއާތަކުން ބުނެފައިވަނީ، ގޮއްވާލި އުޅަނދުގެ ވެރިފަރާތަކީ ޖައްމޫ ކަޝްމީރުގެ ޕުލްވަމާއަށް ނިސްބަތްވާ މީހެކެވެ.

މީޑިއާތަކުން ބުނެފައިވަނީ އެ ކާރަކީ ނިރުބަވެރި ޖަމާޢަތުގެ މެންބަރެއް ކަމަށް ބެލެވޭ، ޕަލްވާމާގެ ޑޮކްޓަރެއް ކަމަށްވާ ޑރ ޢުމަރު މުޙައްމަދުގެ ކާރެއް ކަމަށެވެ. ނަމަވެސަް ކާރު ގޮއްވާލާފައި ވަނީ އެ ޖަމާޢަތަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ ޑރ މުޒައްމިލް ޝަކީލާއި ޑރ އާދިލް ރަތާއެވެ. ކާރު ގޮއްވާލިއިރު އޭގައި ވަރަށް ގިނަ އަދަދެއްގެ ގޮވާތަކެތި ހުރިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ބައެއް މީޑިއާތަކުން ބުނެފައިވަނީ ގޮތުގައި ގޮއްވާލި ކާރަކީ އެތައް ފަހަރެއްގެ މަތިން ވިއްކާފައިވާ ކާރެކެވެ. 

ދިއްލީގައި ދިން އެ ހަމަލާއާ ގުޅިގެން މުޅި މުޅި އިންޑިއާއަށް ސިހުން ގެނުވިއިރު، ސަރުކާރުން ބުނެފައިވަނީ އެ ހަމަލާދިން މީހުން ހޯދައި ހައްގު އަދަބު ދޭނޭކަމަށެވެ. މި ހަމަލާއާއެކު ދިއްލީގެ އިތުރުން ބައެއް ސިޓީތައް ވަނީ އެލާޓަށް ގެނެސްފައެވެ. މިގޮތުން ހަމަލާދިން ސަރަހައްދުގެ މާކެޓްތައް މިއަދުވެސް ބަންދެވެ. އަދި ވަރަށްގިނަ ފުލުހުންވެސް ދަނީ މަގުތަކުގައި ފޯރިމަރަމުންނެވެ. ހާއްސަކޮށް ބޮޑެތި ސިޓީތަކުގައި ދީނީ އަޅުކަންތައް ކުރުމަށް ހާއްސަކޮށްފައި ހުންނަ ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.