ސާޖިއޯ ގޯ، ކަޝްމީރުގެ އިންޑިއާ ފަޅިއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން.. ފޮޓޯ: މިލޭނިއަމް
ދުނިޔެ
23 Aug 2026 | 21:05
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ

އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބު ސާޖިއޯ ގޯ، ކަޝްމީރުގެ އިންޑިއާ ފަޅިއަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ޕާކިސްތާނުން ނުރުހުން ފާޅުކޮށްފިއެވެ.

އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ.

ސާޖިއޯ ގޯ ސްރީނަގަރުގައާއި ލަދާކްގައި ހޭދަކުރެއްވި ދެ ދުވަހުގެ ދަތުރުފުޅަށްފަހު ދެއްކެވި މި ވާހަކަތަކާ ގުޅިގެން، ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން ވަނީ އިސްލާމާމުބާދުގައި ހުންނަވާ އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް އެގައުމުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް، ރަސްމީކޮށް ނުރުހުން ފާޅުކޮށްފައެވެ.

ޕާކިސްތާނުން ބުނެފައިވަނީ ކަޝްމީރަކީ ބައިނަލްއަގުވާމީ ގޮތުން މައްސަލަ ބޮޑުވެފައިވާ ސަރަހައްދެއްގެ ގޮތުގައި ބަލައިގަނެވިފައިވާ ތަނެއް ކަމަށާއި، އެމެރިކާގެ ސަފީރުގެ ވާހަކަތަކަކީ ހަގީގަތާ ހިލާފު އަދި އެގައުމުން މީގެ ކުރިން ގެންގުޅުނު ސިޔާސަތާ މުޅިން އިދިކޮޅު ވާހަކަތަކެއް ކަމަށެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތަށް ކަޝްމީރުގެ މައްސަލައަށް ހައްލެއް ހޯދަންޖެހޭ ކަމަށް ޕާކިސްތާނުން ވަނީ ފާހަގަކޮށްފައެވެ. 1947 ވަނަ އަހަރުން ފެށިގެން އިންޑިއާއާއި ޕާކިސްތާނުންވެސް ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާކުރާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ އަދި ސަރަހައްދީ ގޮތުން އެންމެ ނާޒުކު އެއް މައްސަލައެވެ.

މާހިރުން ދެކޭގޮތުގައި ސަފީރު ސާޖިއޯ ގޯގެ މި ވާހަކަފުޅަކީ އެމެރިކާގެ ހާރިޖީ ސިޔާސަތަށް އައި ބަދަލެއް ނޫނެވެ. ނަމަވެސް، މިއީ އިންޑިއާގައި ހުންނަވާ ސަފީރު، އިންޑިއާގެ އެތެރޭގެ ވިސްނުންތަކުގެ ލައިނުގައި ވާހަކަ ގެންދަވަން ހައްދަވައިގެން ދިމާވި ކަމެއް ކަމަށް ބެލެވެއެވެ. އެމެރިކާގެ ރަސްމީ ސިޔާސަތަކީ ކަޝްމީރުގެ މައްސަލައަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު މަޝްވަރާކޮށްގެން ހައްލުކުރަންޖެހޭ މައްސަލައެއް ކަމަށް ގަބޫލުކުރުމާއި، އެކަމުގެ ތެރެއަށް ނުވަނުމެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާއިން އިންޑިއާއާއެކު އޮންނަ ސްޓްރެޓީޖިކް ގުޅުން ބަދަހިކުރަމުންދާ ދަނޑިވަޅެއްގައި، ޕާކިސްތާނުންވެސް ޓްރަމްޕްގެ ސަރުކާރާއެކު ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، މި މައްސަލައިގެ ސަބަބުން އެމެރިކާއާއި ޕާކިސްތާނުގެ ބަދަހިވަމުންދާ އާންމު ގުޅުމަށް ބޮޑު ބުރުލެއް ނޭރިނަމަވެސް، ކަޝްމީރުގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖުތަމައުން ބޭނުންކުރާ ބަސްމަގަށް ބަދަލުއައުމަކީ ޕާކިސްތާނުން އެއްގޮތަކަށްވެސް ގަބޫލުކުރާނެ ކަމެއް ނޫނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ