ގަބްރިއެލް ނުންޒިއާޓީ -- ފޮޓޯ/ އިންޓަނެޓު
ހަބަރު
12 Nov 2025 | 12:20
އީޔޫ ޕްރެސް ކޮންފަރެންސްގައި އިސްރާއިލްއާއި ގުޅޭ ސުވާލެއްކޮށްގެން އިޓަލީ ނޫސްވެރިއަކު ވަޒީފާއިން ވަކިކޮށްފި

ޑިމޮކްރަޓިކް އުސޫލްތަކަށް އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ޔޫރަޕިއަން ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއިލްއާ ގުޅޭ ސުވާލެއް ކޮށްގެން އިޓަލީ ނޫސްވެރިއަކު ވަޒީފާއިން ވަކިކޮށްފިއެވެ. 

ވަޒީފާއިން ވަކިކޮށްފައިވަނީ ރޯމްގެ ނޯނާ ނިއުސް އޭޖެންސީގެ ފަރާތުން ބްރަސަލްސްގައި ހުންނަ ކޮރެސްޕޮންޑެންޓް ގެބްރިއަލް ނުންޒިއާޓީއެވެ. 

އޮކްޓޯބަރު 13 ގައި ބޭއްވުނު އީޔޫގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ޔޫރަޕިއަން ޔޫނިއަނުން ވަރަށް ގިނަ ފަހަރު ރަޝިޔާއިން ޔޫކްރެއިން ބިނާކުރުމުގެ ހަރަދު ދައްކަން ޖެހޭނެކަމަށް ބުނަމުންދާއިރު، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކުރުމުގެ މާލީ ޒިންމާ ނުނަގަންވީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. އޭނާގެ ސުވާލު އަމާޒުކުރެއްވީ ޔޫރަޕިއަން ކޮމިޝަންގެ އިސް ތަރުޖަމާނު، ޕައުލާ ޕިންހޯއާ އެވެ.

"ރަޝިޔާއިން ޔޫކްރެއިން އަލުން ބިނާކުރުމަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ވަރަށް ގިނަ ފަހަރު ތަކުރާރުއެބަކުރޭ. އެމީހުން (އިޒްރޭލުން) ޣައްޒާގެ ހުރިހާ ސިވިލް އިންފްރާސްޓްރަކްޗާއެއް ހަލާކުކޮށްލާފައިވާއިރު، އިޒްރޭލުން ޣައްޒާ އަލުން ބިނާކުރުމަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް އީޔޫއިން ގަބޫލުކުރަންތޯ

ގަބްރިއެލް ނުންޒިއާޓީ 

އޭނާގެ މި ސުވާލު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ. އަދި ވާހަކަތައް މީޑިއާގައި އާއްމުވެ، އީޔޫއަށް އެކިފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމާއެކު އެންމެފަހުން އީޔޫގެ އޮފިޝަލުން ގެބްރިއަލް މަސައްކަތްކުރާ އޮފީހަށް ޕްރެސަރުކޮށްގެން އެންމެފަހުން އޭނާގެ ވަޒީފާ ވަނީ ގެއްލުވާލާފައެވެ. 

'ދަ އިންޓަރސެޕްޓް' އަށް ނުންޒިއާޓީ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޮކްޓޯބަރު 27 ގައި، ނޯވާ އޭޖެންސީން އޭނާއާ އެކު ކުރަމުންދިޔަ މަސައްކަތް ނިމުމަކަށް ގެނައުމަށް ބޭނުންވާ ކަމަށް އެ އެޖެންސީގެ މެއިލްއެއް ލިބިފައިވާކަމަށެވެ.

ގެބްރިއަލް ކުރި ސުވާލަށް އީޔޫގެ ތަރުޖަމާނު ޖަވާބުދީފައި ނުވާއިރު، ހަމައެކަނި ބުނެފައިވަނީ "ތިއީ ޝައުގުވެރި ސުވާލެއް" މިހެން އެކަންޏެވެ.

ޣައްޒާގެ ސިއްހީ އޮފިޝަލުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ހިންގާ ގަތުލުއާންމުގައި 69,000 އަށް ވުރެ ގިނަ މީހުން މަރުވެ، 170,000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި މިހާރު ޖަރީމާތައް ހުއްޓާލިކަމަށް އިސްރާއީލުން ބުނި ނަމަވެސް އިސްރާއީލް ސިފައިން ދަނީ ކޮންމެ ދުވަހަކުހެން ފަލަސްތީނަށް ހަމަލާތައް ދެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް