ގޮވާފައިވާ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހަތިޔާރާއިއެކު ހަރަކާތްތެރިވަނީ -- ފޮޓޯ/ ރޮއިޓަރސް
ދުނިޔެ
15 Nov 2025 | 13:01
އިންޑިޔާގައި އަނެއްކާވެސް ބާރުގަދަ ގޮވުމެއް - 9 މީހުން މަރު

ކަޝްމީރުގައި ހުރި ފުލުހުންގެ މަރުކަޒެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ނުވަ މީހުން މަރުވެއްޖެއެވެ.

އިންޑިއާ ފުލުހުން މައުލޫމާދުދިންކަމަށް ބުނެ، އެ ޤައުމުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ މި ހާދިސާގައި ގޮވާފައި ވަނީ، އެކި އޮޕަރޭޝަންތަކުގައި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގޮވާތަކެތި ކަމަށެވެ.

މި ގޮވުމުގެ ސަބަބުން 29 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ. އަދި ބައެއް މީހުންގެ ހާލު ސީރިޔަސް ކަމަށް ގައުމުގެ ފުލުހުން މައުލޫމާތުދެއެވެ. 

ކަޝްމީރު ފުލުހުންގެ މަޞްދަރުތަކުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ، ފޮރެންސިކް އޮފިޝަލުންތަކެއް ގޮވާތަކެތި ބަލައި، ތަޙުޤީޤު ކުރަމުން ދަނިކޮށެވެ. އެހެންކަމުން މި ގޮވުމުގައި މަރުވި 9 މީހުންގެ ތެރޭގައި ގިނައީ ފުލުހުންނާއި ފޮރެންސިކް ދާއިރާގެ އޮފިޝަލުންނެވެ.

މި ހާދިސާގައި މަރުވި ގިނަ ބަޔެއްގެ ހަށިތައް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އެހެންކަމުން، އެއީ ކޮން ބައެއް ކަން ދެނެގަތުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާޢި، ނަމަވެސް އެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައި މައުލޫމާތު ލިބެއެވެ. ބައެއް މީހުންގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ފެނުނީ 100 އާއި 200 މީޓަރު ދުރުގައި ހުރި ގެތައް ކައިރިން ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. 

އިންޑިޔާގެ ފުލުހުން މިހާރު ދަނީ މި ހާދިސާ ތަޙުޤީޤު ކުރަމުންނެވެ.  

މި ހާދިސާ ހިނގާފައި މި ވަނީ ދާދިފަހުން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ތާރީޚީ ބިނާއެއްކަމަށްވާ، ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުގެ ހާދިސާއެއް ހިނގާފައިވަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.