އިންޑިއާގެ އުމްރާވެރިން ދަތުރުކުރި ބަސް އެކްސިޑެންޓުވެ އަލިފާން ރޯވުމުގެ ސަބަބުން އަނދާފައި-- ފޮޓޯ/ޕަވަންޖޫނޯ/އެކްސް
ހަބަރު
17 Nov 2025 | 12:30
މަދީނާގައި ހިނގި އެކްސިޑެންޓެއްގައި 42 އުމްރާވެރިން ނިޔާވެއްޖެ

މަދީނާގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އުމްރާއަށް ގޮސް އުޅުނު 42 އުމްރާވެރިން ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރު މައްކާއިން މަދީނާއަށް ދަތުރުކުރަމުން ދިޔަ ބަހަކާއި ޑީސަލް ޓޭންކަރަކާ ޖެހިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ މި އެކްސިޑެންޓުގައި ނިޔާވި އެންމެންނަކީ ވެސް އިންޑިއާގެ ހައިދަރްއާބާދަށް ނިސްބަތްވާ މީހުންކަމަށެވެ. މި އެކްސިޑެންޓު ހިނގި އިރު ބަހުގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިބިކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ މެންދަމުން އަލިވެ ރާއްޖޭ ގަޑިން 1:00 ހާއިރު، މަދީނާގެ ބޭރުގައި އޮންނަ މުފްރީހަތު ވިލެޖް ކައިރީގަ އެވެ. މި އެކްސިޑެންޓު ހިނގުމާ އެކު ބަހުގައި އެއްކޮށް އަލިފާން ރޯވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މައްކާގައި އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު މަދީނާއަށް ދިޔަ މަގުމަތީގައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި އެކްސިޑެންޓުގައި ބަހުން ސަލާމަތްވީ އެންމެ މީހެކެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ މި ހާދިސާއާ ގުޅިގެން، އިންޑިއާގެ އޮފިޝަލުން ސައުދީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.