އަލަށް އުފަންވި ކުއްޖެއް-- ފޮޓޯ/ސޯޝަލް މީޑިއާ
ހަބަރު
18 Nov 2025 | 14:42
އެންސްޕާއިން އައިވީއެފް ފަރުވާއަށް 50 ޖާގަ ހުޅުވާލައިފި

"އައިވީއެފް" ފަރުވާއަށް ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް އެންސްޕާ ދަށުން 50 ޖާގަ ދޭން ނިންމާ، މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މި ޕްރޮގްރާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިއަހަރު "އައިވީއެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށް ކަމަށެވެ. 

އައިވީއެފްއަށް ދެވޭ މި ހަރަދަކީ ދައުލަތުގެ "ފާޓިލިޓީ ކެއާ ފަންޑު" ގެ ދަށުން ކުރެވޭ ހަރަދެކެވެ. 

އައިވީއެފް ހަދަން ބޭނުންފުޅުވާ ފަރާތްތަކުން މި ފުރުސަތަށް އެދި 'ވަންގަވް ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެއެވެ. އެންސްޕާ އިން ބުނާ ގޮތުގައި މި ޚިދުމަތަށް އެދި ހުށަހެޅޭނީ ބުރާސްފަތި ދުވަހުން ފެށިގެން ޑިސެންބަރު 20 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. 

މާލީ ފުދުންތެރިކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި އައިވީއެފް ހެދުމުގެ އިންތިޒާމު ފަހިކޮށްދިނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އެގޮތުން، ސަރުކާރުގެ ޚަރަދުގައި އައިވީއެފް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ބެޗުގެ 100 މީހުންނަށް 30 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ. އަދި ދައުލަތުގެ ހަރަދުގައި އައިވީއެފް އަދި އައިޔޫއައި ގެ ފަރުވާގެ ހިދުމަތްތަކަށް އަހަރުގެ މިހާތަނަށް 7.13 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

އެންސްޕާ އިން މި މަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ފާޓިލިޓީ ކެއާ ފަންޑު މެދުވެރިކޮށް މި ދެ އަހަރުގެ ތެރޭގައި 93 މީހަކަށް އައިވީއެފް ހެދުމަށް އެހީތެރިވެދީފައިވެއެވެ. އޭގެ ތެރެއިން 23 މީހުން ފަރުވާ ކާމިޔާބުކޮށްފައިވެއެވެ. އެންމެ ފުރަތަމަ އައިވީއެފް ފަރުވާގެ އެހީއަށް އެދުނު 215 ދެމަފިރިންގެ ތެރެއިން ޝަރުތު ހަމަވީ 63 ދެމަފިރިންނެވެ.

މިވަގުތު ރާއްޖެއިން އައިވީއެފްގެ ޚިދުމަތް ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ ދިވެހީން، އައިވީއެފްގެ ފަރުވާ އާންމުކޮށް ހޯދަނީ ބޮޑެތި ޚަރަދުތައް ކޮށްގެން ރާއްޖެއިން ބޭރަށް ގޮސްގެންނެވެ. އެހެންކަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތުން ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތް އާސަންދަ ދައުލަތުގެ ހަރަދުގައި ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ މުހިންމު ކުރިއެރުމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.