ނުވަ އަހަރުގެ އިލްހާމް އަބޫ ހައްޖާޖު: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
21 Nov 2025 | 09:51
އިޒްރޭލުގެ ހަމަލާއެއްގައި މައިންބަފައިން ޝަހީދުވެ، ހަށިގަނޑުގެ ބޮޑުބައެއް ފިހުނު އިލްހާމްގެ ވާހަކަ

ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ޣައްޒާ ސިޓީގައި ދިން ބޮމުގެ ހަމަލާއެއްގައި މައިންބަފައިން ޝަހީދުވެ، ހަށިގަނޑުގެ ބޮޑުބައެއް ފިހުނު، އުމުރުން އެންމެ ނުވަ އަހަރުގެ އިލްހާމް އަބޫ ހައްޖާޖު، އެ ހާދިސާ ހިނގި ދުވަހު ކަންހިނގައި ދިޔަގޮތް ކިޔައިދީފިއެވެ.

އަލްޖަޒީރާއަށް އިލްހާމް ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައިވާގޮތުން، އެދުވަހު ހިނގައިދިޔަ ކަންކަމުގެ ތެރެއިން އޭނާއަށް ހަނދާންވަނީ މަންމަ އޭނާ ގައިގައި ބައްދާލައިގެން ދުޢާ ކުރި މަންޒަރެވެ.

ބޮމުގެ އެ ހަމަލާއަށްފަހު އިލްހާމްއަށް ހޭލެވެރިކަންވީއިރު، އޭނާ އޮތީ ހޮސްޕިޓަލެއްގެ އެނދެއްގެ މަތީގައެވެ. ބަނޑުމަތީގައި މެޝިނެއް ބަހައްޓާފައިހުރި އިރު މުޅި ހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ.

"އަހަރެންގެ ހަށިގަނޑުގައި އަތްލީމާ އެނގުނީ މުޅި ހަށިގަނޑު އަނދާފައި ހުރިކަން. ޑޮކްޓަރެއް އަހަރެންނާ ވާހަކަ ދެއްކިއިރު، އަހަރެން އަހާލިން، އަހަރެންގެ ބައްޕަ އާއި މަންމަ ކޮބައިތޯ؟ އެ ޑޮކްޓަރު ޖަވާބެއް ނުދިން." އިލްހާމް އަލްޖަޒީރާއަށް ކިޔައިދިނެވެ.

މި ހަމަލާއަކީ އިޒްރޭލުން ޣައްޒާ ސިޓީގެ އަލް-ސައްފާވެހް ސަރަހައްދަށް ދިން ހަމަލާއެކެވެ. މި ހަމަލާގައި ނުވަ އަހަރުގެ އިލްހާމް އަބޫ ހައްޖާޖުގެ މައިންބަފައިން ޝަހީދުވެފައިވާއިރު، އިލްހާމްގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފައެވެ. އެގޮތުން އޭނާގެ ކަރާއި، އަތުގައި އަދި ފައިގައި ހުރި ބޮޑެތި ޒަޚަމްތަކެއް ހުއްޓެވެ. 

ބޮމުގެ ހަމަލާގައި އިލްހާމްގެ މައިންބަފައިން ޝަހީދުވެފައިވާކަން ގަބޫލުކުރަން އަދިވެސް އޭނާއަށް ދަތިކަމަށް އޭނާ ބުނެއެވެ.

”އަހަރެންނަށް ހީވަނީ މަންމަ އާއި ބައްޕަ އަހަރެންގެ އިންތިޒާތުގައި ހުންނާނެ ކަމަށް. އެކަމަކު އަހަރެންގެ ކާފަގެ ގެއަށް ގެންދިޔުމުން ޔަގީންވީ މައިންބަފައިން ދުނިޔޭގައި ނެތްކަން. އެދުވަހު ވަރަށް ރޮވުނު.“ އިލްހާމް ބުންޏެވެ. 

އިލްހާމްގެ އިތުރުން، ޣައްޒާގެ 39،000 އަށްވުރެ ގިނަ ކުދިންގެ މަންމަ ނުވަތަ ބައްޕަ އިޒްރޭލުގެ ހަމަލާ ތަކުގައި ދުނިޔެ ދޫކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމު މެދު ކަނޑާލިކަން އިއުލާން ކުރި ނަމަވެސް، އަދިވެސް އެކަން ހުއްޓައެއް ނުލައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ސެޕްޓެމްބަރު މަހު ލަފާކުރި ގޮތުގައި، ޣައްޒާގެ އާބާދީގެ ދެ އިންސައްތައާ އެއްވަރުގެ، ގާތްގަނޑަކަށް 42,000 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ. މި އަނިޔާވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ކުއާޓަރެއް ނުވަތަ 25 އިންސައްތައަކީ ކުޑަކުދިންނެވެ.

ޑަބްލިޔުއެޗްއޯއިން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން އެންމެ އާންމު އަނިޔާތަކުގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ތަންތަން ފިހުމެވެ. އެގޮތުން  3,350 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑަށް އެފަދަ އަނިޔާ ލިބިފައިވެއެވެ. މި ޖަމްޢިއްޔާއިން ބުނި ގޮތުގައި، ކުޑަކުދިންނަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން، ޣައްޒާގައި ފިހިގެން ސަރޖަރީ ކުރެވުނު މީހުންގެ ތެރެއިން 70 އިންސައްތައަކީ ކުޑަކުދިންނެވެ. މީގެ ތެރެއިން ގިނަ ކުދިންނަކީ ފަސް އަހަރުން ދަށުގެ ކުދިންނެވެ. އަދި މި ކުދިންނަށް އަނިޔާވެފައިވަނީ ބޮމުގެ ހަމަލާތަކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.