ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އޮފީސް -- ވޮއިސް ފޮޓޯ
ހަބަރު
22 Nov 2025 | 10:21
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނިގިރޭޓުތަކެއް ގެއްލުނު މައްސަލައެއް ބަލަނީ

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ޤާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކުރިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓުތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ގެއްލިފައިވާ މައްސަލައެއް ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 32 ކާޓަން ސިނގިރޭޓުގެ ތެރެއިން 6 ކާޓަން މަދުވެފައިވާ ކަމަށް ފުރަތަމަ ފާހަގަކުރެވި، އެ މައްސަލަ ބަލަމުން ދަނިކޮށް އިތުރު 25 ކާޓަން ސިނގިރޭޓު ވެސް ގެއްލިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުން 6 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލައަކީ ބިދޭސީއެއްގެ އަތުން 2025 ވަނަ އަހަރުގެ މޭ މަހުގެ 23 ވަނަ ދުވަހު ހިފަހައްޓާފައިވާ ތަކެއްޗެވެ. މި ތަކެތި ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓާ، ކަސްޓަމްސްއާ ޙަވާލުކުރުމަށްޓަކައި މި މަހުގެ 12 ވަނަ ދުވަހު ބެލި އިރު، 32 ކާޓަންގެ ތެރެއިން 6 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ފާހަގަ ކުރެވުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި އިތުރު ސިނގިރޭޓުތަކެއް ވެސް ގެއްލިފައިވާކަން ފާހަގަ ކުރެވުނު ކަމަށާއި، އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 25 ކާޓަން ސިނގިރޭޓު ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންކަމުން މި ދެ މައްސަލައިގައި ޖުމްލަ 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ތެރެއިން ހިންގަންޖެހޭ އިދާރީ ކަންކަން ބެލުމުގެ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްއިން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ގެއްލުނު ސިނގިރޭޓުތަކާ ގުޅޭ ޖިނާއީ ތަހުޤީޤެއް ވަކި މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.