އިންޑިއާގެ ޖެޓެއް.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
22 Nov 2025 | 17:22
އޮޕަރޭޝަން ސިންދޫރް: ރަފޭލް ޖެޓްތަކުގެ އަގުވައްޓާލަން ޗައިނާއިން މަސައްކަތްކުރި

މިދިޔަ މެއި މަހު އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގައި ބޭނުންކުރި ރަފޭލް މަރުކާގެ ހަނގުރާމަމަތީ ޖެޓްތަކުގެ އަގު ވެއްޓޭ ގޮތަށް ދޮގު މައުލޫމާތު ޗައިނާއިން ފެތުރިކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.

އޮޕަރޭޝަން ސިންދޫރަކީ މިއަހަރުގެ އެޕްރީލް މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ހަނގުރާމަވެރިން ދިން ހަމަލާގެ ރައްދުގައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިން އޮޕަރޭޝަނެވެ. އިންޑިއާއިން ވަނީ ޕާކިސްތާނުގެ އަސްކަރީ އަދި ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާދީފައެވެ. އަދި އިންޑިއާއިން ވައިގެ މަގުން ދިން ހަމަލާތަކުގައި ފަރަންސޭސީވިލާތުގައި އުފައްދާ ރަފޭލް މަރުކާގެ ޖެޓްތައް ބޭނުންކުރިއެވެ. މި ހަމަލާތަކަށް ޕާކިސްތާނުންވެސް ރައްދު ހަމަލާދިނެވެ. އަދި ރަފޭލް ޖެޓްތަކުގެ ބޭނުން މި ހަމަލާތަކުގައި އެކަށީގެންވާ ގޮތެއްގައި ނުހިފުނުކަމުގެ އަޑުތަކެއް އޭރު އެރިއެވެ. އިންޑިއާއިން ވަނީ އޭރުވެސް އެކަން ދޮގުކޮށްފައެވެ.

އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން ބޭނުންކުރީ ޗައިނާގައި އުފައްދާ ޖޭ-10 މަރުކާގެ ޖެޓްތަކެވެ.

އެމެރިކާގެ ޔޫ.އެސް-ޗައިނާ އިކޮނޮމިކް އެންޑް ސެކިއުރިޓީ ރިވިއު ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ބުނީ ރަފޭލް ޖެޓްތަކުގެ ވިޔަފާރިއަށް ގެއްލުންދިނުމަށް، ހާލަތުގެ ބޭނުން ހިފައިގެން ޗައިނާއިން ޑިސްއިންފޮމޭޝަން ކެމްޕޭނެއް ހިންގިކަމަށެވެ. އެގޮތުން ޖޭ-10 ގެ ޖެޓްތަކުން ދިން ހަމަލާގައި ހަލާކުވެފައިވާކަމަށް ބުނާ ރަފޭލް ޖެޓްތަކެއް ދައްކުވައިދޭ އޭ.އައި ވީޑިއޯތަކަކާއި، ވީޑިއޯ ގޭމެއްގެއް މަންޒަރުތަކެއް ހިމެނޭ ކްލިޕްތަކެއް، ފޭކް ސޯޝަލް މީޑިއާ އެކައުންޓްތަކެއް ބޭނުންކޮށްގެން ފަތުރާފައިވާކަމަށް އެމެރިކާގެ ރިޕޯޓުގައި ވެއެވެ.

ޗައިނާއިން ވަނީ އާއްމު އުސޫލުގެ މަތިން އެމެރިކާގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެމެރިކާގެ މި ކޮމިޝަނަކީ އަބަދުވެސް ޗައިނާއާއި ދެކޮޅު ރިޕޯޓްތައް ނެރޭ ބައެއްކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީއިން ވަނީ ބައެއް މީޑިއާތަކަށް ކޮމެންޓް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.