ފުލުހުން ބޮޑީކެމް އާއެކު... ފޮޓޯ: ފުލުހުން
ހަބަރު
22 Nov 2025 | 14:23
ބޮޑީ ކެމް ފޯރުކޮށްދިނީ އުސޫލުގެ ތެރެއިން، ނާޒިމް ހެއްދެވީ އިތުރުފުޅެއް: ޒެޓާ

ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ބޮޑީވޯން ކެމެރާ ނުވަތަ ބޮޑީކެމް ހޯދުމުގައި އެއްވެސް ކަމެއް އޮޅުވާލައިފައިނުވާނެ ކަމަށާއި، މަޖިލީހުގެ ކޮމެޓީގައި ނައިބު ރައީސް އަޙްމަދު ނާޒިމް ދެއްކެވީ ޙަގީގަތާއި ޚިލާފު ވާހަކަފުޅުތަކެއް ކަމަށް ޒެޓާގެ ކުންފުނިތަކުން ބުނެފިއެވެ.

ޒެޓާގެ ދެ ކުންފުނިން އެހެން ބުނީ، ފުލުހުން 1،400 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދިޔަ ޓެންޑާގައި ޒެޓާ އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މަސައްކަތް ޓެންޑާ ބޯޑުން ބާތިލްކުރުމުން، 200 ބޮޑީކެމް ގަންނަން ފަހުން ޒެޓާ ޓެކްނޮލޮޖީސް ނަމަކަށް ކިޔާ ކުންފުންޏަކަށް ހަވާލުކުރިއިރު، އެ ކުންފުންޏަކީ އެކަމަށް ކޮލިފައިނުވާ ކުންފުންޏެއް ކަމަށް ވިދާޅުވެ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ ދެ ކުންފުނީގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން އެ ކުންފުނިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ. 

އަދި ފުލުހުން 1،400 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދިޔަ ޓެންޑާގައި ޒެޓާ އެންޓަޕްރައިޒަސް އަށް ޓެންޑަރު އެވޯޑު ނުކުރުމަށް ޓެންޑާ ބޯޑުން ނިންމާފައި ވަނީ އެ އުސޫލުން ޓެންޑާ ކުރިއަށް ގެންދަން އެ ބޯޑަށް ނުފެންނާތީ ކަމަށާއި، އެއީ އެ ކުންފުނި ކޮލިފައިނުވާތީ ހިނގި ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. 

އެހެން ނަމަވެސް، އެ ބީލަމުގައި ޒެޓާ އެންޓަޕްރައިޒަސް އިން ޓެންޑާއަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހުށަހަޅައި، މަސައްކަތް ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ސާބިތުކޮށްދީފައިވާ ކަމަށާއި، އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލަކީ ފަސް އަހަރުގެ ޕޭމަންޓް ޕްލޭނަކާ އެކު، ދައުލަތަށް މާލީ ގޮތުން ލުއިވާނެ ގޮތަށް ހުށަހެޅި އެއްޗެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ ބަޔާނުގައިވެ އެވެ.

އަދި ފުލުހުން 200 ބޮޑީވޯން ކެމެރާ ހޯދަން ކުރި އިއުލާނުގެ ދަށުން ހުޅުވާލި ބީލަމަށް ކުރިމަތިލީ ޒެޓާ ޓެކްނޮލޮޖީސް އިން ކަމަށާއި، ފުލުހުން ކުރި އޯޕަން ޓެންޑާ އެ ކުންފުނިން ކާމިޔާބުކޮށް، އެއްބަސްވުމުގެ ދަށުން މަސައްކަތް ފުރިހަމަކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އަދި އިތުރު 1،200 ބޮޑީވޯން ކެމެރާ ގަތުމަށް ނޮވެމްބަރު 27، 2022 ގައި ފުލުހުން ޒެޓާ ޓެކްނޮލޮޖީސްއާ ހަވާލުކުރީ ވެސް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ޓެންޑާ ކާމިޔާބުކޮށްގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން އެ ބީލަމަށް ހުށަހެޅި 66.4 މިލިއަން ރުފިޔާ ކަމަށާއި، އެ ބީލަން ކާމިޔާބުކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންނާއި ފަހުން ވެސް އެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ބީލަންތައް ކުރިއަށް ގެންދިއުމުގައި އަދި އެވޯޑްކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ހިނގާފައިނުވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ނިންމާފައިވާ ކަމަށް ވެސް ޒެޓާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޒެޓާއިން އެހެން ބުނިއިރު، މަޖިލީހުގެ ނައިބު ރައީސް ނާޒިމް ފާހަގަކުރެއްވި ގޮތުގައި، އެންމެ ފުރަތަމަ 1،400 ބޮޑީ ކެމް ގަންނަން ޒެޓާ އެންޓަޕްރައިޒަސް އިން ސަޕްލަޔަ ކްރެޑިޓް ލެޓާއެއް ހުށަހެޅި ނަމަވެސް، އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު އެފަދަ ކަމެއް ކުރުމުގެ ގާބިލްކަން ނެތްކަމަށެވެ.

އަދި އެ ކުންފުންޏަކީ ސެކިއުރިޓީ އާއި އިލެކްޓްރޯނިކް ސާމާނު ސަޕްލައި ކުރަމުން ދިޔަ ކުންފުންޏަކަށް ނުވާތީ އެފަދަ ކަމެއް ކުރުމުގެ ފަންނީ ގާބިލުކަން ވެސް ޒެޓާގައި ނެތް ކަމަށް ޓެންޑާ ބޯޑުން އޭރު ފާހަގަކޮށްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެއެވެ.

އެ މުއާމަލާތްތައް ކުރިޔަށްގެންދިޔައިރު، އޭރުގެ ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވީ މުޙައްމަދު ހަމީދުއެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު ހަމީދު ޒެޓާގެ އިސްމަގާމަކަށް ވަޑައިގެންނެވިކަން ފާހަގަކުރައްވައި ނާޒިމް ވަނީ،  މުއާމަލާތުގައި ޕްރޮފެޝަނަލް މިސްކޮންޑަކްޓް ނޫނީ މޯރަލް އިޝޫސް ހުރި ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށް، އެކަމަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އިތުރަށް ބަލަންޖެހޭ މައްސަލައެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ކުރީގެ ސީޕީ ހަމީދު، ދިވެހި ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއި އެކު ރިޓަޔާކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެެވެ. ފުލުހުންގެ ޚިދުމަތަށް ބޮޑީ ކެމް ތައާރަފްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.