ފުލުހުންގެ މައި އޮފީސް -- ވޮއިސް ފޮޓޯ
ހަބަރު
22 Nov 2025 | 15:10
ސިނގިރޭޓްތައް ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ތަހުގީގުކޮށް ޤާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ މައްސަލަ ތަހުގީގުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ސިނގިރޭޓު ކާޓާންތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެ، އެފަދަ މައްސަލައެއް ތަހުގީގުކުރާކަމަށް ފުލުހުން ބުނީ މިއަދުއެވެ.

އެގޮތުން މިއަދު ހެނދުނު ފުލުހުން ބުނި ގޮތުގައި، ފުލުހުންގެ އަތުން ގެއްލުނީ މި އަހަރުގެ މޭއި މަހު، ބިދޭސީއެއްގެ އަތުން ހިފެހެއްޓި 6 ކާޓަންގެ ސިނގިރޭޓާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަންގެ ސިނގިރޭޓު ކަމަށެވެ. 

އެހެންކަމުން އެ ދެ މައްސަލައިގައި ޖުމްލަ 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އެކަމާއި ގުޅިގެން މިއަދު މެންދުރު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުންގެ އަޚުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާއި ޚިލާފު އެފަދަ ކޮންމެ ކަމަކީ ބޮޑު އިސްކަމެއްދީގެން ތަހުގީގުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށެވެ. 

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަޚުލާގާއި، ހަރުދަނާ މަސައްކަތުގެ ރޫހާއި ކަނޑައެޅިގެން ޚިލާފުކަންކަން ކަމަށެވެ.

ވީމާ، މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތެއް ދެނެގަނެ، އަަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ޚިދުމަތުން ކުރާނެ ވާހަކަ ދެންނެވީމެވެ.

ފުލުހުންގެ ބަޔާން

އަދި ފުލުހުންގެ ހުރަމަތް ކުޑަކޮށް، އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުުރުސަތެއް ނުދޭނެ ކަމަށާއި، އެ ޚިދުމަތުގެ ހުރިހާ މުވައްޒަފުންނަކީ ވެސް ޖަވާބުދާރީވެ، ނަޒާހަތްތެރިކަން ހިފަހައްޓައި ސާބިތުކަމާއި އެކު ދެމިތިބޭ އިޚްލާސްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ ފުލުހުންގެ މައިގަނޑު އަމާޒު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ތެރެއިން ހިންގަންޖެހޭ އިދާރީ ކަންކަން ބެލުމުގެ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްއިން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ގެއްލުނު ސިނގިރޭޓުތަކާ ގުޅޭ ޖިނާއީ ތަހުޤީޤެއް ވަކި މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.