ނިއު ޔޯކު ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ/ އޭއެފްޕީ
ހަބަރު
22 Nov 2025 | 20:10
ޓްރަމްޕާއި މަމްދާނީ އެއްގަލަކަށް އެރީތަ؟

ނިއުޔޯކްސިޓީއަށް މޭޔަރަކު ހޮވުމަށް އެންމެފަހުން ބޭއްވި އިންތިހާބަކީ އެމެރިކާގެ ފަހުގެ ތާރީހެއްގައިވެސް އެންމެ ފޯރިގަދަ އަދި ވާދަވެރިކޮށް ނިމިގެންދިޔަ އިންތިހާބެވެ. އިންތިހާބުގައި އެއްކޮޅުން ވާދަކުރެއްވީ އެޤައުމަށް ހިޖުރަކުރި ދެމަފިރިއަކަށް ނިސްބަތްވާ ޔުގެންޑާގެ ޕަމްޕަލާއަށް އުފަން ޒަހްރާން މަމްދާނީއެވެ.

މޭޔަރު އިންތިހާބު އެންމެ ފޯރިގަދަވި ގޮތަކީވެސް މިއީ އެވެ. ސީދާ އެމެރިކާއަށް ނިސްބަތްނުވާ އަދި އެމެރިކާގެ ރައީސް ޑޮނާލްޑްގެ މައިގަނޑު ބޮޑެތި ސިޔާސަތްތަކަށް ފާޅުގައި ފާޑުވިދާޅުވަމުން އަންނަ މުސްލިމް އާއިލާއަކުން ނިސްބަތްވާ މީހަކު އެމެރިކާގެ އެންމެ ހައިބަތުބޮޑު ސިޓީގެ މޭޔަރަކަށް ކުރިމަތިލުމަކީ އިންތިހާބު އެންމެބޮޑަށް ފޯރިގަދަވި އެއް ސަބަބެވެ.

އިންތިހާބުގެ ކުރިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އަދި އެނޫންވެސް ފަރާތްތަކުން ދިޔައީ އިންތިހާބުގައި ވާދަކުރެއްވި މަމްދާނީއަށް ފިއްތުންތައް ކުރިމަތިކޮށް އެކިގޮތްގޮތުން އިންޒާރުދެއްވަމުންނެވެ. އިންތިހާބުގެ ކުރިންވެސް މަމްދާނީއަކީ ޓްރަމްޕްގެ ހިޖުރަވެރިންގެ ސިޔާސަތާއި، އަދި ފަލަސްތީނު މައްސަލާގައި ވަރަށް ދެކޮޅު ބޭފުޅެކެވެ. އިންތިހާބުގެ ކެމްޕޭނުގެ އެންމެ ފަހުދުވަހު ޓްރަމްޕް ވަނީ މަމްދާނީ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ ބަޖެޓް ނުދީ ހިފަހައްޓާނޭކަމަށްވެސް ބުނެފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް... ފޮޓޯ: ބްލޫމްބަރގް

ނަމަވެސަް އެ ހުރިހާކަމަކާއެކުވެސް ކުރިއަށްއޮތް ދައުރުގެ ނިއުޔޯކް ސިޓީގެ މޭޔަރަކަށް އިންތިހާބުވެ ވަޑައިގެންނެވީ މަމްދާނީއެވެ. މޭޔަރު އިންތިހާބު ކާމިޔާބުކުރުމަށްފަހު އެންމެފަހުން މަމްދާނީވެސް ވަނީ ޓްރަމްޕަށް ނިސްބަތްކޮށް ބަހުގެ ހަމަލާތަކެއް ފޮނުވާލައްވާފައެވެ. ނަމަވެސް އޭގެ ފަހުން އިއްޔެ ދެފަރާތުންވެސް ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

ނިއުޔޯކްސިޓީގެ މޭޔަރު މަމްދާނީ... ފޮޓޯ: ގެޓީ އިމޭޖް

ވައިޓްހައުސްގައި ނިއުޔޯކްގެ މޭޔަރު މަމްދާނީ އާއި ޓްރަމްޕް ވަނީ ބައްދަލުކުރެއްވި ފޮޓޯތަކެއް މީޑިއާއަށް ތިލަވެގެންދިޔައިރު، ޓްރަމްޕް ވަނީ ނޫސްވެރިންނާ ބައްދަލުކޮށް އެ ބައްދަލުވުމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މަމްދާނީގެ ކާމިޔާބު ކެމްޕޭނަށް ތައުރީފުކުރައްވާފައެވެ. އަދި އެ ބައްދަލުވުމަކީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. 

އަހަރެމެން ބޭއްވީ ހަގީގަތުގައި ވެސް އުފެއްދުންތެރި ބައްދަލުވުމެއް. އަހަރެމެންގެ އެއްގޮތް އެއް ކަމެއް އެބައޮތް. އަހަރެމެން ބޭނުންވަނީ އަހަރެމެން ލޯބިވާ ނިއު ޔޯކު ސިޓީ ވަރަށް ރަނގަޅަށް ކުރަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 

މި ބައްދަލުވުމަކީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށް މަމްދާނީވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އަސާސީ ޚިދުމަތްތަކާއި މުދަލާއި ކުލި ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އޭނާ ވެފައިވާ ވައުދާ އެއްގޮތަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ޓްރަމްޕްއާއި އެކު މުހިއްމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. 

ނިއު ޔޯކު ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- 

ޓްރަމްޕްއާއި މަމްދާނީއާ ދެމެދު ޚިޔާލުތަފާތުވާ ދާއިރާތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން މަމްދާނީ ވިދާޅުވީ ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް ދެ ބޭފުޅުން ވެސް ގަބޫލުކުރައްވާ ކަންކަމާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް އެއްގޮތަކަމަށެވެ. އެހެންކަމުން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށް މަމްދާނީ ވިދާޅުވިއެވެ. 

އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޓްރަމްޕާއި އަޅުގަނޑު ވިސްނުން ވަރަށް ސާފު. އަޅުގަނޑުމެންގެ ބައްދަލުވުން ބިނާވީ އަޅުގަނޑުމެންގެ ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ މައްޗަކަށް ނޫން. ނަމަވެސް ނިއު ޔޯކުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަމާޒަށް

ނިއު ޔޯކު ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ

ކޮންމެއަކަށް މަމްދާނީ މޭޔަރުކަމަށް ވަޑައިގެންނެވި ހިސާބުން ދެ ބޭފުޅުން މީގެކުރިން މުއާމަލާތް ކުރަމުން އައި ބަސްމަގު މިވަނީ ބަދަލުވެފައެވެ.  ޓްރަމްގެ ބޮޑެތި ބައެއް ސިޔާސަތްތަކާ މަމްދާނީ ދެކޮޅުނަމަވެސް އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރިނަމަވެސް އެއްވެސް ބޭފުޅަކު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ވައިޓްހައުސްގައި ދެބޭފުޅުންގެ މުއާމަލާތްތަކުގެ މަންޒަރުތައް ފެނިގެންދިޔައިރު ހަމަ ހީވީ އެއީ މީގެކުރިންވެސް ވަރަށް ގާތްގުޅުމެއް އޮތް ދެބޭފުޅުންހެނެވެ. ނަމަވެސް ދެބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމުގެ ނިޔަތުގެ ސާފްކަން މާ ލަސްތަކެއް ނުވެ ފެނިގެންދާނޭކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.