ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ހަބަރު
24 Nov 2025 | 11:01
ވިލިމާލެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ދެ އަހަރުތެރޭ ނިމޭނެ: މުއްތަލިބު

އަންނަ އަހަރުގެ މެދުތެރޭ ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފަށައި، ދެ އަހަރު ދުވަހުގެ ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ރޭ ވިލިމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވިލިމާލޭގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ، މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނީ އޭގެ ކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހުކަމަށެވެ. އެއީ މި މަޝްރޫއަކީ ޗައިނާގެ އެހީއާއިއެކު ކުރިއަށް ގެންދާ މަޝްރޫއަކަށް ވެފައި، އެގައުމުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކުގައި ގިނަ މަރުހަލާތަކެއް އެކުލެވޭ ކަމަށްވާތީއެވެ. 

އެގޮތުން މި ހޮސްޕިޓަލު މިހާރު އޮތީ ޑިޒައިން ކޮންސަލްޓަންޓެއް ޓެންޑާކުރުމަށް ބޭނުންވާ ހުރިހާ ޑޮކިއުމަންޓްތައް ފައިނަލްކުރުމަށް ބަޔަކު ހޮވާފައި ކަމަށާއި، އެ ޓީމުން އަންނަ ޑިސެމްބަރު މަހު ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރުމަށްފަހު ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެތެރޭ އަމަލީ މަސައްކަތް ފަށާާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ފަސްމަސް ދުވަސް ނިމިގެން ދާއިރު ކޮންޓްރެކްޓަރު ހުރީ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު މެދުތެރޭގަ ތިންވަނަ ކުއާޓަރަށް ދާއިރު އަމަލީ މަސައްކަތް ފެށި، އަޅުގަނޑު ގަބޫލުކުރަނީ ދެ އަހަރު ދުވަހުގެ ތެރޭ އެންމެ ގިނަވެގެން މަސައްކަތް ނިމިގެން ދާނެ ކަމަށް"

ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު

'ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް'ގެ ނަމުގައި އިމާރާތްކުރާ މި ހޮސްޕިޓަލުގައި 112 އެނދު ހުންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ހޮސްޕިޓަލުގެ މަސައްކަތް ނިމޭއިރު، ޒަމާނީ ހުރިހާ ވަސީލަތެއް ގާއިމްވެފައި ހުންނާނެ ކަމުގެ ޔަގީންކަން ވެސް މުއްތަލިބު ދެއްވިއެވެ.

މި ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް ކުރުމަށް މިދިޔަ ޖޫން މަހުގެ ކުރީކޮޅު ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާއެކު ވަނީ ސޮއިކޮށްފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި