މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗްގެ މަޖިލިސް މޮނީޓަރިން އިނީޝިއޭޓިވް ތަޢާރަފްކުރުމަށް ބޭއްވި ހަފްލާގައި ޝާހިދު ވާހަކަދައްކަވަނީ...
ހަބަރު
24 Nov 2025 | 16:16
ހަރުދަނާ ޑިމޮކްރަސީއަކަށް މުހިއްމީ އިންތިޚާބު އެކަންޏެއް ނޫން: ޝާހިދު

ހަރުދަނާ ޑިމޮކްރަސީއަކަށް މުހިއްމީ ހަމައެކަނި އިންތިޚާބުތައް ނޫންކަމަށާއި، ހަރުދަނާ މުއައްސަސާތަކެއްވެސް ބޭނުންވާކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗްގެ މަޖިލިސް މޮނީޓަރިން އިނީޝިއޭޓިވް ތަޢާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ ޑިމޮކްރަސީއެއްގައި މުހިއްމުވާ މުއައްސަސާތަކުގެ ތެރެއިން ޤާނޫނު ހަދާ މަޖިލީހަކީ ވަކިން ޚާއްސަ ތަނެއްކަމަށެވެ.

އެގޮތުން ޤާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅުން ހުރި ކަންކަމާއި މަޝްވަރާކޮށް، ގޮތް ނިންމައި، އެކަން ތަންފީޒުކުރާނެ ގޮތް ކަނޑައަޅާތަންކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް، ހަމަޖެހުން ޤާއިމްކުރުމަށް، ހުޅުވާލެވިފައިވާ ދެފުށްފެންނަ ރައްޔިތުންގެ މަޖިލީހެއްގެ މުހިއްމުކަން އެމަނިކުފާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 5 ދައުރުގެ ތަޖުރިބާއިން ފެނިވަޑައިގެންނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ދެފުށް ފެންނަ، ހަރުދަނާ އަދި ހުޅުވާލެވިފައިވާ ޤާނޫނު ހަދާ މަޖިލީހެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ބޭއްވުމަށް ރޭ ފެށި ފަދަ މަސައްކަތްތަކަކީ މުހިއްމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެމަސައްކަތްކުރައްވާ ޒުވާނުންނަށް ޝާހިދު ހިތްވަރު ދެއްވިއެވެ. އަދި މިއީ އިންތިޚާބުވެފައި ތިބި މަންދޫބުންނާއި އެމަންދޫބުން ތަމްސީލްކުރައްވާ ރައްޔިތުންނާ ދެމެދު އެޅިގެންދާ ފާލަމެއްގެ ގޮތުގައިވެސް ޝާހިދު އެމަސައްކަތް ސިފަކުރެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ކުރެއްވި ބައެއް ތަޖުރިބާތައްވެސް ހިއްސާކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ރަސްމިއްޔާތުތަކެއް ބާއްވާ ތަނެއްގެ ބަދަލުގައި، ޕާލަމެންޓްރީ މަސައްކަތް ކުރާ، މެމްބަރުންނަށް ފަހި ތަނަކަށް ހެއްދެވުމަށް މަޖިލީހުގެ އިދާރާއަށާއި މުވައްޒަފުންގެ ކުރިއެރުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ޝާހިދު އަލިއަޅުއްވާލެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި