އިލެކްޓްރީޝަން ކޯސް ފޯރ ވިމެން ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ސްޓެލްކޯ
ހަބަރު
24 Nov 2025 | 17:57
ސްޓެލްކޯގެ އެހީގައި 116 އަންހެނަކު ކަރަންޓް ކޯސް ފުރިހަމަކޮށްފި

ސްޓެލްކޯއިން ހިންގި "ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" 116 ފަރާތަކުން ފުރިހަމަކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ބައިވެރިންނަށް ވަނީ ކޯސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް ދީފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.

މި ކޯހުގެ ބައިވެރިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ މުޙައްމަދާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު މުޒްނާއެވެ.

ސްޓެލްކޯއިން ހިންގި ބިގިނަރސް އިލެކްޓްރީޝަން ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރިވެވޭނެހެން، ޖުމްލަ 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ކޯހެކެވެ. އެގޮތުން މިއަހަރު މި ކޯހުގައި ބައިވެރިވެ 116 ކަނބަލުން ވަނީ ކޯސް ފުރިހަމަކޮށްފައެވެ.

އެ އިދާރާއިން ބުނާގޮތުގައި މި ކޯހުގައި ޓްރެއިނަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ އެ ކުންފުނީގައި ތިބި ޢިލްމާއި ހުނަރުގެ ގޮތުން އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ކޯހުގެ ތެރެއިން ބައިވެރިންނަށް ގޭބީސީ ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މަޢުލޫމާތާއި އަމަލީ ގޮތުން އެކަން ކުރާނެ ގޮތާއި، ވަޔަރު ކުރުމަށް ބޭނުންވާ ޖެހޭ ސާމާނާއި ބެހޭ މައުލޫމާތާއި، އެކި ބޭނުންތަކަށް ކަމުދާނެ ސޮކެޓް އަދި ނަރުގެ ސައިޒު ފަދަ މަޢުލޫމާތާއި، ގޭބިސީގައި އެންމެ އާންމުކޮށް ބޭނުންކުރާ ކަރަންޓު އާލާތްތައް ކަމުގައިވާ ބޮކި، ފަންކާ، ސްވިޗް، ޑީ ބޯޑް ފަދަ ތަކެތި ހަރުކުރާނެ ގޮތާއި، ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތާއި، ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓު ސާމާނު ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތް އަދި ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ. 

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަޤީންކުރައްވާކަމަށެވެ. 

"ފަށާ ފެންވަރުގެ މަޢުލޫމާތާއި މަސައްކަތާއި ހުނަރަށް ޚާއްސަކޮށްގެން މި ކޯސް ފަރުމާކުރެވިފައި އޮތުމަކީ މި ދެންނެވި ފަދަ ބޮޑު ބަދަލަކަށް އުއްމީދު ކުރެވޭ، ތަޞައްވަރު ކުރެވޭ ކަމެއް. މި ކޯސް ޚާއްސަކުރެވިފައި މިވަނީ އަންހެނުންނަށް. ކޯހުގެ މައިގަނޑު މަޤުޞަދެއް ކަމަށް ކަނޑައެޅިފައިމިވަނީ، ގޭތެރޭގައި ޙައްލުކުރަންޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރޭން ޙައްލުކުރެވޭނެ މަގު ފަހިކުރުން. އެންގިވަޑައިގަންނަވާނެ ފަދައިން އިޖުތިމާޢީ، ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާ ބައެއް. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަޤީން."

މެޑަމް ސާޖިދާ މުޙައްމަދު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވީ މި ކޯހުގެ ސަބަބުން ވަރަށް އެދެވޭ، ރަނގަޅު ނަތީޖާތަކެއް ނުކުންނާނެކަމަށެވެ. 

ޚާއްސަކޮށް ފިރިހެން ބޭފުޅުން ޑޮމިނޭޓް ކުރަމުން އަންނަ ދާއިރާއަކަށް ކަނބަލުން ތަމްރީނު ކުރުމަކީ މީގެ ސަބަބުން ވަރަށް އެދެވޭ، ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމެއްކަން ޔަޤީން. އެގޮތުން ކަނބަލުންނަށް އަމިއްލަ ދިރިއުޅުމުގައި ގޭތެރޭގައި ޖެހޭ ކަރަންޓުގެ ކުދިކުދި ކަންތައްތައް އެހެން އެއްވެސް ފަރާތަކަށް ބަރޯސާ ނުވެ އަމިއްލައަށް ކޮށްލުމުގެ ފުރުޞަތު ލިބިގެންދިއުމާ، އަދި މި ދާއިރާއިން އާމްދަނީ ހޯދުމުގެ ވިސްނުންތެރިކަމާ، ކަނބަލުންނަށް އެކަމުގެ އަސާސީ ހުނަރު ދަސްކޮށްދެވި އޭގެ ތެރެއަށް ނުކުތުމަށް އެދެވިގެންވާ ވަރުގަދަ ބިންގަލެއްގެ ގޮތުގަ އަޅުގަނޑު ދެކެން

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު

ސްޓެލްކޯއިން ބުނީ ކުރިއަށް މި ކޯހުގެ މަޤުޞަދަކީ ކަރަންޓުގެ ދާއިރާއަށް ކަނބަލުންގެ ހިތް ޖައްސުވައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރުދީ، އެ ދާއިރާއިން ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ދާއިރާއަށް އަހުލުވެރިކޮށް، އެމަގަށް ހަރުދަނާ ބިންގަލެއް އަޅައިދިނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ