އައިއެމްސީޓީސީ އާއި ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ވޮއިސް
ހަބަރު
25 Nov 2025 | 10:34
އައިއެމްސީޓީސީން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށްފި!

އައިއެމްސީޓީސީން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން(އައިއެމްސީޓީސީ) އިން  ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާ އާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 24 ނޮވެންބަރު 2025 ވަނަ ދުވަހެވެ. 

މާލޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިއެމްސީޓީސީން ރާއްޖޭގައި އިފުތިތާހު ކޮށްފައިވަނީ އެ ކޯލިޝަންގެ މިލިޓަރީ ޑޮމެއިންގެ ދެ ސްޓެރީޖިކް އިނީޝިއޭޓިވް ކަމަށްވާ "ކޮމްޕިޓެންސް" ނުވަތަ ގާބިލުކަން އަދި ސައިބާގެ ހަރަކާތްތަކެވެ.

އައިއެމްސީޓީސީ އާއި ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާ އާއެކު މިއަދު ސޮއިކުރި ޖޮއިންޓް އެއްބަސްވުމަކީ އަސްކަރީ އަދި ޓެކްނިކަލް ތަމްރީނުތަކާއި ތަޖުރިބާ ބަދަލުކުރުމާއި ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ.

"ކޮމްޕިޓެންސް" އިނީޝިއޭޓިވްގެ މަގުސަދަކީ, އަސްކަރީ ދާއިރާއިން, ހާއްސަކޮށް ނޭވަލް މައިންއާ ދެކޮޅަށް ދިވެހިރާއްޖޭގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމެވެ. އެގޮތުން ނޭވަލް މައިންތަކާ ގުޅޭ މައުލޫމާތާއި އެ ތަކެތީގެ މެކޭނިޒަމްތަކާއި ރައްކާތެރިކަމާއެކު މައިން ނައްތާލުމުގެ އުކުޅުތައް އަދި އެންމެ ޒަމާނީ ސާމާނާއި އެޑްވާންސްޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން މައިން ހޯދައި ނައްތާލުން އަދި ކަނޑުއަޑީގެ އޮޕަރޭޝަންތަކުގައި ދޭ ފިލްޑް ތަމްރީނުތައް ހިމެނޭ ގޮތަށް ތިއަރީ އަދި އަމަލީ ތަޖުރިބާތައް ލިބޭ ހާއްސަ ކޯސްތަކެއް ހިންގާނެއެވެ.

ސައިބާ އިނީޝިއޭޓިވްގެ މަގުސަދަކީ ރާއްޖޭގައި ސައިބާ ނިޒާމުތައް އިތުރަށް ވަރުގަދަކުރުމެވެ. އެގޮތުން މި އިނީޝިއޭޓިވްގެ ދަށުން ޑިޖިޓަލް ރައްކާތެރިކަން, ނުރައްކާތައް ދެނެގަތުން, ސައިބާ ހަމަލާތަކަށް ރައްދުދިނުމުގައި ބޭނުންކުރާ އުކުޅުތައް އަދި ގައުމީ އިންފްރާންސްޓްރަކްޗާގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ފަދަ ކަންކަން ހިމެނޭ ހާއްސަ ޕްރޮގްރާމްތައް ވެސް ހިންގާނެއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖަރ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ އާއި ސިވިލް އަދި އަސްކަރީ އިސްވެރިންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސައުދީ އަރަބިއާގެ ދިފާއީ ވަޒީރު އަދި އައިއެމްސީޓީސީގެ ދިފާއީ ވަޒީރުންގެ މަޖިލީހުގެ ޗެއާމަން, ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު ދެއްވާ އެހީތެރިކަމާއި ސަމާލުކަން ފާހަގަކުރައްވައިފައެވެ. އަދި އެ މަނިކުފާނުގެ އިރުޝާދާއި އަމާޒަކީ އައިއެމްސީޓީސީގެ ހިންގުމާއި މެންބަރު ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމާއި ބަދަލުވަމުންދާ ޓެރަރިސްޓް ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މައިގަނޑު އެއް ތަނބު ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕަށް ތައުރީފުކުރައްވައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ, މިއަދު އިފުތިތާހު ކުރި ދެ އިނީޝިއޭޓިވް އާއެކު މެންބަރު ގައުމުތަކުގެ ގާބިލުކަން ބިނާކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ. އަދި މި ޒަމާނުގެ ސަލާމަތީ މާހައުލަށް ބޭނުންވަނީ ކުރިއަރާފައިވާ އޮޕަރޭޝަނަލް ތައްޔާރީތަކުގެ އިތުރުން ގައުމީ ސަލާމަތް ރައްކާތެރިކުރެވޭނެ ގޮތަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ ވަރުގަދަ ސައިބާ ނިޒާމުތަކެއް ކަމަށް ވިދާޅުވިއެވެ.

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް އިތުރަށް ވިދާޅުވީ, މިއަދު ސޮއިކުރި އެއްބަސްވުމުން ހާމަކޮށްދެނީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖެ އާއި އައިއެމްސީޓީސީއާ ދެމެދު އޮތް ވަރުގަދަ ގުޅުން ކަމަށެވެ. އަދި ޓެރަރިޒަމަކީ ބޯޑަރުތައް ނުދަންނަ, އިންސާނުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ސަލާމަތާއި މުޖުތަމައުތަކުގެ ހަމަޖެހުން ނުރައްކާ ކުރާ ކަމެއް ކަމަށާއި އެކަމާ ދެކޮޅަށް އެންމެ އެކަށީގެންވާ ގޮތެއްގައި އަދި އެންމެ ވަރުގަދައަށް މަސައްކަތް ކުރެވޭނީ މެންބަރު ގައުމުތަކުގެ އެއްބާރުލުމާއި އެކުވެރިކަން އޮވެގެން ކަމަށް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އަލީ އިހުސާން ވަނީ އައިއެމްސީޓީސީގެ ފަރާތުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގައި އިފުތިތާހު ކުރި ދެ އިނީޝިއޭޓިވްސް އަކީ ދިފާއީ އަދި ޑިޖިޓަލް ގާބިލުކަން ތަރައްގީކޮށް ރާއްޖޭގެ ސަލާމަތާއި ހަމަޖެހުން ރައްކާތެރިކުރުމުގެ ކުޅަދާނަކަން ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ މުހިންމު ވަސީލަތެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އިފުތިތާހު ކުރި ފަދަ ސްޓްރެޓީޖިކް އިނީޝިއޭޓިވްތަކަކީ މަތީ ފަންތީގެ ކުރިއަރާފައިވާ ޕްރޮގްރާމްތައް މެދުވެރިކޮށް މެންބަރު ގައުމުތަކުގެ އަސްކަރިއްޔާ ތައްޔާރުކޮށް, ސައިބާ ސެކިއުރިޓީ އަދި ބަދަލުވަމުންދާ ނުރައްކާތަކާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބައެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި