އަރަބި ކަޕް ކޮލިފައިންގައި ފަލަސްތީނާއި ލީބިޔާ ވާދަކުރި މެޗުގެ ތެރެއިން-- ފޮޓޯ/ރިއުޓާސް
ކުޅިވަރު
26 Nov 2025 | 11:25
ލީބިޔާ ބަލިކޮށް އަރަބި ކަޕަށް ފަލަސްތީން ކޮލިފައިވެއްޖެ

ފީފާ އަރަބި ކަޕް ކޮލިފައިން މެޗުގައި ލީބިޔާގެ މައްޗަށް ފަލަސްތީނު ކުރި ހޯދައިއެ މުބާރާތުން ޖާގަ ކަށަވަރުކޮށްފިއެވެ. 

އަރަބި ކަޕް ކޮލިފައިންގައި އިއްޔެ ފަލަސްތީނާއި ލީބިޔާ ވާދަކުރި މެޗުން ފަލަސްތީން ކުރިހޯދާފައިވަނީ 3-4 ގެ ނަތީޖާ އަކުންނެވެ. މިއީ މެޗުގެ ފުރިހަަމަ ވަގުތު ހަމަވެގެން ދިޔައިރުވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވުމުން މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެން ހޯދި ކާމިޔާބީއެކެވެ.

އަންނަ ޑިސެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ އަރަބް ކަޕްގައި ފަލަސްތީނު ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާއި ޓިއުނީޝިއާގެ އިތުރުން ސީރިއާއެވެ.

ފަލަސްތީނުގެ ކޯޗު އިހަބް އަބޫ ޖަޒަރު، މި މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ އެހެން ޓީމު ތަކާއި ފަލަސްތީނުގެ ޓިމާއި ވަރަށް ތަފާތު ކަމަށެވެ. އެއީ އެހެން ޓީމު ތަކުން ނިކުންނަނީ ވާދަވެރި ކުޅުމެއް ކުޅެން ނަމަވެސް ފަލަސްތީނުން މެޗަށް ނިކުންނަނީ އެގައުމުގައި ހަނގުރާމައިގެ ސަބަބުން މާޔޫސް ވެފައިވާ ރައްޔިތުންނަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ފުޓްބޯޅައިން ގެނެސްދިނުމަށް ކަމަށެވެ. 

"އަހަރެމެން މި ކުޅެނީ ހަމައެކަނި ޓްރޮފީއެއް ހޯދާކަށް ނޫން، އަހަރުމެން މި ކުޅެނީ ފަލަސްތީނުގެ ރައްޔިތުންނަށް އުފާވެރި ކަމެއް ގެނެސްދޭން"

ފަލަސްތީނުގެ ކޯޗު އިހަބް އަބޫ ޖަޒަރު

ފަލަސްތީނުގެ ކޯޗު ބުނި ގޮތުގައި އެ ޓީމުން އަންނަނީ ކުޅުން އިތުރަށް ރަނގަޅު ކުރަމުންނެވެ. އަދިި މިހާރު ފަލަސްތީނަކީ ފުޓްބޯޅައިގައި އޭޝިއާގެ ވަރުގަދަ ނަމަކަށް ހެދިއްޖެ ކަމަށް ގަބޫލުކުރާކަން ކޯޗުވަނީ ބުނެފައެވެ. މި އަހަރުގެ ޑިސެންބަރު 1-18 އަށް ކުރިއަށްދާ ފީފާ އަރަބި ކަޕުގެ އިތުރަށް ފަލަސްތީނުގެ ޓީމުމް ވަނީ 2027 ވަނަ އަހަރުގެ އޭޝިއަން ކަޕުންވެސް ޖާގަ ހޯދާފައެވެ. މިއާއިއެކު މި ޓީމުގެ ކޯޗު ބުނީ ވޯލްޑް ކަޕް ކޮލިފައިން އާ ގާތަށް ވެސް މިހާރު ފަލަސްތީނަށް އާދެވިފައިވާ ކަމަށް ގަބޫލުކުރާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް