އެސްއެމްއީ ހަބްގައި ވިޔަފާރި ހިންގާ ބަޔަކާ ރައީސް ޞާލިޙް ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް ޞާލިޙް
ހަބަރު
26 Nov 2025 | 13:11
އެސްއެމްއީ ހަބްގައި ހިންގި ވިޔަފާރިތައް ބަންދު ކުރާތީ ރައީސް ޞާލިޙްގެ ކަންބޮޑުވުން

ކުރީގެ ރައީސް އިބްރާހީމް މުޙަައްމަދު ޞާލިޙްގެ ވެރިކަމުގައި ކުދި ވިޔަފާރިތަކަށް، ޚާއްސަކޮށް ޒުވާނުންނަށް އަމާޒުކުށް އުފެއްދި އެސްއެމްއީ ހަބުގައި ހިންގަމުންދިޔަ ބައެއް ވިޔަފާރިތައް ބަންދުކުރަން ޖެހިފައިވާތީ އެމަނިކުފާނު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ. 

އެގޮތުން ރައީސް ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެތަނުގައި ވިޔަފާރި ހިންގަމުން އަންނަ ފަރާތްތަކުގެ ވިޔަފާރި ބަންދުކޮށް ތަނުން  ނުކުންނަން މި ސަރުކާރުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ތަނުގައި ހިންގަމުންދިޔަ ގިނަ ވިޔަފާރިތައް މިހާރު ބަންދު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

‏އަދި އެއީ މި ސަރުކާރުން ކުރި ވަރަށް ދެރަކަމެއް ކަމަށްވެސް ވިދާޅުވިއެވެ. 

2022 ވަނަ އަހަރުގެ ޑިސެމްބަރުމަހު ހުޅުވި އެސްއެމްއީ ހަބަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ބާޒާރު ހޯދައި ދިނުމަށް ބީސީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވުނު ތަނެކެވެ.

އެސްއެމްއީ ހަބްގެ ގްރައުންޑް ފްލޯގައި ސިޓީ ބޭކަރީ އާއި ކުޑަ ލައިބްރަރީއެއް ހިންގާއިރު ފުރަތަމަ އަދި ދެވަނަ ފްލޯގެ ކިއޯސްކްތަކުގައި ކުދި ވިޔަފާރިތަކުގެ ކެފޭ އާއި ފިހާރަތައް ހިންގަ އެވެ.

ނަމަވެސް، ސަރުކާރުން މިހާރު ނިންމާފައިވަނީ ގްރައުންޑް އަދި ދެ ވަނަ ފްލޯ އަށް ބަދަލުތަކެއް ގެނެސް ޑިވެލޮޕްމަންޓް ބޭންކާއި ފައިނޭންސް ސެންޓަރު އެ ދެ ފްލޯގައި ހަދާ ގޮތަށެވެ. ސަރުކާރުން ކުރިން ބުނެފައިވާގޮތުން މިގޮތަށް ކަން ކުރުމަށް އެސްއެމްއީ ހަބްގައި މިހާރު ހިންގާ ކުދި ވިޔަފާރިތައް މާލޭގެ އެހެން ތަނަކަށް ބަދަލު ކުރާ ކަމަށެވެ. އަދި ކުދި ވިޔަފާރިތައް މަގުމަތި ނުކުރައްވާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ލައިސެންސް ނެތި ސައިކަލު ދުއްވި ޒުވާނާ ފުލުހުން ހައްޔަރުކޮށްފިއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި