ދޮންބަނޑާރައިންގެ ޖިހާދު ދައްކުވައިދޭ ތަމްސީލެއްގެ ތެރެއިން--
ހަބަރު
26 Nov 2025 | 14:03
ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ވީޑިއޯ ކްލިޕާއި ކުރު ފިލްމު ހެދުމުގެ މުބާރާތެއް އިއުލާންކޮށްފި

މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، މުޅި ރާއްޖެއަށް ހުޅުވާލައިގެންކަމަށެވެ.

މި މުބާރާތް ކުރިއަށްދާނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ގިންތީގައި ހިމެނެނީ، 21 އަހަރާއި 21 އަހަރުން ދަށް އަދި ދެވަނަ ގިންތީގައި ހިމެނެނީ 21 އަހަރުން މަތީގެ އުމުރުފުރާއެވެ. މި ދެ ގިންތީގެ އުފެއްދުންތައް އިންސާފު ކުރުމާއި، މާކުސް ދިނުން އޮންނާނީ ވަކިންނެވެ. އެގޮތުން މި މުބާރާތުން ކޮންމެ ގިންތިއަކުން 1،2،3 ވަނަ ހޮވާ، 1 ވަނައަށް ހޮވޭ ކުރު ފިލްމު ނުވަތަ ވީޑިއޯ ކްލިޕަކަށް 15،000 ރުފިޔާއާއި ހަނދާނީ ލިޔުމާއި، ދެވަނައަށް 10،000 ރުފިޔާއާއި ހަދާނީ ލިޔުން، އަދި 3 ވަނައަށް 5،000 ރުފިޔާއާއި ހަނދާނީ ލިޔުން ދެވޭނެ ކަމަށް މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދިވެހީންގެ މެދުގައި ދިވެހި ތާރީޚަށް އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމާއި ހުރަވީ ދުވަހާއި ގުޅޭގޮތުން ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުމާއި، ހުރަވީ ދުވަހުގެ ބަޠަލު ދޮންބަންޑާރައިން މި ޤައުމަށް ވެވަޑައިގެން ޤުރުބާނީއާއި ދޮންބަންޑާރައިންގެ ހަޔާތްޕުޅުން ނެގޭ ފިލާވަޅުތައް ރަމްޒުކޮށްދޭ ކަންކަމުގެ މައްޗަށް ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުން ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮންނަންވާނީ، ހުރަވީ ދުވަހުގެ ބަޠަލު އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ ހަޔާތްޕުޅުގެ މައްޗަށް ކަމަށާއި، ތައްޔާރު ކުރާ ވީޑިއޯ ކުލިޕްތަކުގެ ޖުމްލަ ދިގުމިން ނުވަތަ ކުރު ފިލްމެއްނަމަ ދިގުމިން ވާންވާނީ، 10 މިނިޓާއި 15 މިނިޓަށް ފެތޭ އުފެއްދުމަކަށް ކަމަށް ދިވެހި ބަހާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އެވުޒާރާއިން ވިދާޅުވީ، ވީޑިއޯތަކުގެ އެއްވެސް މަންޒަރެއްގައި ދޮންބަންޑާރައިންގެ މޫނުފުޅު ސިފަކޮށް ކުރިމަތިން ފެންނަ ގޮތަށް ދައްކައިގެން ނުވާނެ ކަމަށެވެ. އެއީ ރަސްމީ ނުވަތަ އިތުބާރު ހިފޭ އެއްވެސް އެއްޗަކުން އެމަނިކުފާނު ސިފަތައް އެނގެން ނެތުމުން ތާރީޚީ އޮޅުމެއް ނާރާ ގޮތް ހެދުމަށެވެ. ނަމަވެސް މި ވީޑިއޯގައި އަސްލު މީހުން ނުވަތަ އަސްލާ އެއްގޮތް ކެރެކްޓާސް ބޭނުން ކުރެވިދާނެ ކަމަށާއި، ވީޑިއޯއަށް ނަމެއް ދެވިފައި އޮންނަންވާނެ ކަމަށާއި، ހުށަހަޅާ ފަރާތުގެ ނަންވެސް އޮންނަންވާނެކަމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ. އަދި މި ވީޑިއޯތައް ވާންވާނީ ހުރިހާ އުމުރު ފުރައަކަށް ބެލޭ ފަދަ އުފެއްދުމަކަށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މުބާރާތަށް ހުށަހަޅާ ވީޑިއޯ ކްލިޕް ނުވަތަ ކުރު ފިލްމުތަކުގައި ހިމަނައިގެން ނުވާނެ ކަންކަން ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްދެއްވާފައެވެ. އެގޮތުން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފުވާ ފަދަ ވާހަކަތަކާއި، މީހެއްގެ ކަރާމާތަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަތަކާއި، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކާއި ހަމަތަކާއި ޚިލާފުވާ ފަދަ ވާހަކަތަކާއި، މުޖުތަމަޢުގައި ބައިބައިވުން އުފެދިދާނެ ފަދަ ވާހަކަތައް އަދި ވަކި ފަރާތެއްގެ މަސްލަޙަތު ކުރިއަރުވަން ނުވަތަ ވަކި ފަރާތެއްގެ މަސްލަޙަތު ދަށްކޮށްލަން ދައްކާ ފަދަ ވާހަކަތައް ހިމަނައިގެން ނުވާނެކަމަށް އެވުޒާރާއިން އަންގައެވެ. މީގެ އިތުރުން، މި މުބާރާތަށް ހުށަހަޅާ ވީޑިއޯއަކީ ކުރިން ޢާންމު ކުރެވިފައިވާ ނުވަތަ ހުށަހަޅާފައިވާ އުފެއްދުމަކަށް ވެގެން ނުވާނެކަމަށް ވެސް އެ ވުޒާރާއިން އަންގައެވެ.

އެހެންކަމުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޑިސެންބަރު 2025ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، [email protected] އީމެއިލަށް ލިންކެއް މެދުވެރިކޮށް ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމު ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އެދިވަޑައިގަނެފައެވެ. މި މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯމު އިޢުލާނާއެކު ވަނީ ހިމަނާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ލައިސެންސް ނެތި ސައިކަލު ދުއްވި ޒުވާނާ ފުލުހުން ހައްޔަރުކޮށްފިއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި