ތިނަދޫ ސިޓީ-- ފޮޓޯ/ގޫގުލް
ހަބަރު
26 Nov 2025 | 14:38
ތިނަދޫ ރަށްވެހިކަން ދޫކޮށްލާނަމަ ބޮޑު ފީއެއް ނަގަނީ!

ގދ.ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ އަނެއްކާވެސް ބޮޑު ފީއެއް ނެގުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފިއެވެ. 

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ވާގޮތުން ގދ. ތިނަދޫގެ ރައްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. 

އެ ސިޓީގެ އާބާދީ މަދުނުވެ ހިފެހެއްޓުމުގެ މަގުސަދުގައި ރަށުން ރަޖިސްޓްރި ބަދަލުކުރާ މީހުންގެ އަތުން ބޮޑު ފީއެއް މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ވަނީ ނަގަން ފަށާފައެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ލޯކަލް ގަވަމެންޓް އޮތޯރިޓީން ފީ ނަގަމުން ދަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ބުނުމުން އެ ކައުންސިލުން ވަނީ މި ފީ ނެގުން ހުއްޓާލާފައެވެ. 

އެގޮތުން ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ، އެލްޖީއޭގެ އެދުމާ އެއްގޮތަށް އެކަމުގައި ރައްޔިތުންގެ ރުހުން ހުރި ގޮތް ބެލުމަށް، މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ބައްދަލުވުމެއް ބޭއްވާ، ރައްޔިތުކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ އަދަދުގެ ގޮތުގައި 0-5،000 ރުފިޔާއާއި ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ގޫގުލް ފޯމެއްގެ ދަށުން އިހްތިޔާރު ދިންކަމަށެވެ. އެގޮތުން ހިޔާލު ހުށަހެޅުމުގެ އެ ބައްދަލުވުމުގައި ބައިވެރިންގެ މެޖޯރިޓީ ބޭނުންވީ ފީގެ ގޮތުގައި 5،000 ރުފިޔާ ނެގުމަށް ކަމަށްވުމުން މި މަހު 16 ވަނަ ދުވަހުން ފެށިގެން އެ ފީ ނަގަން ފަށާފައިވާކަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ތިނަދޫ އަކީ ގދ.ގެ ވެރިކަންކުރާ ރަށް ކަމަށްވާއިރު އެރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީގެ އަދަދަކީ 7،906 އެކެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރެއިން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައެވެ. ނަމަވެސް އެތަނުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވަމުންދާ މީހުން ގިނަވެ، ތިނަދޫގެ އާބާދީއަށް ނުރަނގަޅު އަސަރުތަކެއް ކުރިމަތިވާކަމަށް އެ ސިޓިގެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިފަދަ ފީއެއް ނެގުމުގެ މަގުސަދަކީ އެފަދަ ނޭދެވޭ އަސަރުތައް މަދުކޮށް އެސިޓީގެ އާބާދީ އިތުރުކުރުމަށް ބާރު އެޅުން ކަމުގައިވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.  

 

ކޮމެންޓް
ޙެޔޮއެދޭ
ރައްވެހިކަން ދޫކޮށްލާ މީހުން އަތުން އެފަދަ ބޮޑު ފީއެއް ނެގުމުގެ ބެނުމަކީ އާބާދީ ހިފެހެއްޓުން ކަމުގައިވާނަމަ ރަށްވެއްސަކަށް ވާމީހުންނަށް 5000.00 ރުފިޔާ ދޭގޮތަށް ކައުންސިލުން ނުނިންމީ ކީއްވެބާ!
26 Nov 2025
ގުޅޭ ލިޔުންތައް
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ލައިސެންސް ނެތި ސައިކަލު ދުއްވި ޒުވާނާ ފުލުހުން ހައްޔަރުކޮށްފިއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި