ހޮންކޮންގައި ރޯވެ އަދަމުންދާ މަންޒަރު-- ފޮޓޯ/ބީބީސީ
ހަބަރު
26 Nov 2025 | 18:13
ހޮންކޮންގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

ހޮންކޮންގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 4 މީހަކު މަރުވެއްޖެއެވެ. 

އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ހޮންކޮންގގެ ޓައި ޕޯ ޑިސްޓްރިކްޓްގައި ހުންނަ ވަންގް ފުކް ކޯޓް ރެޒިޑެންޝަލް ކޮމްޕްލެކްސް ގައެވެ. މި ހާދިސާގައި 4 މީހަކު މަރުވިއިރު، ފިހިގެން 9 މީހަކު ވަނީ ހޮސްޕިޓަލް ގައި އެޑްމިޓްކޮށްފައެވެ. މީގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސްކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަލިފާންގަނޑު ނިންމުމުގެ މަސައްކަތުގައި އުޅުނު ފަޔަރފައިޓަރެއް ހިމެނެއެވެ. މީގެ އިތުރު ފަޔާފައިޓަރަކަށް ވަރަށްބޮޑަށް އަނިޔާވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

އަނދަމުްނދިޔަ އިމާރާތްތަކުގައި އަދިވެސް މަދުވެގެން 13 މީހުން ތާށިވެފައި ތިބި ކަމަށް އެޤައުމުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިން ވެސް ހިމެނެއެވެ. ނަމަވެސް މި އިމާރާތްތަކުގައި ތާށިވެފައި ތިބި މީހުންގެ ސިދާ އަދަދެއް އަދި ޔަގީން ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އަލިފާންގަނޑުގެ ޚަބަރު ޗައިނާގެ ފަޔަރ ސާވިސަސް ޑިޕާޓްމަންޓަށް ރިޕޯޓްކޮށްފައިވަނީ އެގައުމުގެ ގަޑިން މެންދުރު 2:15 ހާއިރެވެ. މި އަލިފާންގަނޑު ވަނީ އަލިފާނުގެ ހާދިސާތަކުގައި ދެވަނައަށް އެންމެ މަތީ ދަރަޖައި (ލެވެލް 4) ގެ އަލިފާނުގެ ހާދިސާއެއް ކަމަށް ނިންމާފައެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތްތަކުގައި 4600 މީހުން ދިރިއުޅެމުންދާއިރު،. މި ހާދިސާގެ ސަބަބުން ގެދޮރުވެރިކަން ގެއްލިފައިވާ ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ދީފައެވެ. މި އަލިފާންގަނޑު ރޯވާން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ލައިސެންސް ނެތި ސައިކަލު ދުއްވި ޒުވާނާ ފުލުހުން ހައްޔަރުކޮށްފިއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި