އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު ފާހަގަކޮށްފައި
ހަބަރު
26 Nov 2025 | 23:10
ފޭސްަ 3 ގެ ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތަކާއި ތަކެތި ނެގުމަށް ފަހު ފުރުސަތު ދީފި

ހުޅުމާލެ ފެސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމުގެ ފަހު ފުރުސަތު އެޗްޑީސީން ދީފިއެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާތީވެ، އެޗްޑީސީން ވަނީ، އެ ސަރަހައްދުގައި މަސައްކަތްކުރުމަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާފައެވެ. އެޗްޑީސީން މިއަދު ބުނީ އުޅަނދުތައް ނެގުމަށް މީގެކުރިން ކޮށްފައިވާ އިޢުލާންތަކާ އެއްގޮތަށް ނަގާފައިނުވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. 

ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ކަނޑު އުޅަނދުފަހަރުގެ އިތުރުން އެހެނިހެން ތަކެތިވެސް ހުރިކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. އެޗްޑީސީން ބުނީ އެ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރުގެ އިތުރުން، އެހެނިހެން ތަކެތި 27 ނޮވެމްބަރ 2025 ގެ 23:59 ގެ ކުރިން އެ ސަރަހައްދުން ނަގަންޖެހޭނޭކަމަށެވެ. މި މުއްދަތުގައި ނުނަގައިފިނަމަ އެޗްޑީސީން އެތަކެތި ނަގާނެކަމަށާއި، މިގޮތަށް އެތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެވާހަކަ އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ވަނީ ބިންހިއްކަމުން ގެންދާ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާ ގޮތަށް ހުރި އުޅަނދުތައް އެޅުމަށް ވަގުތީ ގޮތުން ހާއްސަ ސަރަހައްދެއްވެސް ހަމަޖައްސާފައެވެ. 

އެގޮތުން ސަފާރީތައް އެޅުމަށް ހާއްސަކުރެވިފައި ވަނީ ކ. ގުޅީފަޅު، ކ. ކުޑަގިރި އަދި ކ. ތިލަފުށި ފަޅުތެރެއިން ބައެކެވެ. ދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރު އެޅުމަށް ކަނޑައަޅާފައިވަނީ ކ. ގުޅީފަޅު އަދި ކ. ތިލަފުށި ފަޅުތެރެއިން ވަކި ސަރަހައްދުތަކެކެވެ. 

އެޗްޑީސީން ވަނީ ހިއްކުމަށް ތައްޔާރުވަމުންދާ ސަރަހައްދުގައިވާ ހުރިހާ އުޅަނދުތައް މި މަހުގެ 6 ވަނަ ދުވަހުގެ 00:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ނިމެންދެން އެ އިދާރާއިން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ބަދަލު ކުރުމަށް އެދިފައެެވެ.

އެޗްޑީސީން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް މެދުކަނޑާލިއިރު 15 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާ ނިންމާފައެވެ. ހުޅުމަލޭގެ 3 ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަކޮށް ހިއްކުމަށް ކަނޑައެޅިފައި ވަނީ 63 ހެކްޓަރއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ލައިސެންސް ނެތި ސައިކަލު ދުއްވި ޒުވާނާ ފުލުހުން ހައްޔަރުކޮށްފިއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި