ކްރިމިނަލް ކޯޓް: ފޮޓޯ/ ވޮއިސް
ހަބަރު
27 Nov 2025 | 11:36
ގޭންގު މާރާމާރީއެއް: ހައްޔަރު ކުރުމުން ބުނީ ގޭންގެއްގައި ނޫޅޭ ކަމަށް، ޓެޓޫ ޖެހީވެސް ކުޑައިރު ކަމަށް

ގޭންގު މާރާމާރީއެއްގެ ތެރެއިން ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު، 30 ދުވަހަށް ބަންދު ކޮށް، އަނެކަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. 

އެގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ޒުވާނަކާއި 34 އަހަރުގެ ޒުވާނެކެވެ. އެތަނުން 19 އަހަރުގެ ޒުވާނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް މި މައްސަލަ ބެއްލެވި ގާޒީ އާމިނަތު އަޒުލިފާ ހުކުމް ކިރެއްވި ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ އެދެވޭ މިންވަރަށް ހެކި ނެތުމާއި، ބަންދު ރެކޯޑްވެސް ނެތުމެވެ.

34 އަހަރުގެ ޒުވާނާގެ ކޯޓު އަމުރުގައިވާގޮތުން، ދެ ގްރޫޕެއްގެ ދެދުގައި ހަމަނުޖެހުން އުފެދި މާރާމާރީ ހިންގަން އުޅޭކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިގެން އެކަމުގެ ތުހުމަތުގައި އެ ޒުވާނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ އަތުން ކަޓަރު ތިލައެއް ފެނިފައިވާކަމަށް އައިއޯ ފާހަގަކުރައްވާފައިވެއެވެ. އަދި ފުލުހުންގެ ބަޔާންތަކުގައިވެސް އެކަން ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އޭނާގެ އަތުން ފެނުނު ކަޓަރު ތިލައަކީ ނިޔަފަތި ކަނޑަން ގެންގުޅުނު އެއްޗެއްކަމަށާއި ކުރިން މާރާމާރީ ހިންގުމުގައި ބައިވެރިވެފައި ހުއްޓަސް މިހާރު އެފަދަ ކަންތައްތަކެއް ނުކުރާކަމަށް އޭނާ ފާހަގަކޮށްފައިވާ ކަމަށް އަމުރުގައިވެއެވެ. 

މީގެ އިތުރުން އެ ޒުވާނާއާއި ގޭންގަކާއި ގުޅުން އޮންނަ ކަމަށާ އަދި އޭނާ ގުރޫޕާއި އިންޓަރެކްޓް ވެފައިވާ ގޮތް ސާފުކޮށްދެއްވަމުން އައިއޯ ފާހަގަކޮށްފައިވަނީ އެ ގުރޫޕަށް ނިސްބަތްވާ ޓެޓޫއެއް އޭނާގެ އަތުގައި ޖަހާފައިވާކަމަށާއި އެއީ އެނާއާ އެގްރޫޕާ އިންޓަރެކްޓްވާކަމަށް ފާހަގަކުރެވޭ ކަމެއްކަމަށެވެ. 

ނަމަވެސް އެޒުވާނާ ބުނެފައިވަނީ އެއީ އޭނާ ކުޑައިރު ފުޓުބޯޅަ ކުޅެން އުޅުނުއިރު ޖަހާފައިވާ ޓެޓޫއެއް ކަމަށާ އެއީ ގްރޫޕަކާއި ގުޅުމެއް އޮތް ނަމެއް ނޫންކަމަށް އަމުރުގައިވެއެވެ.

އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި އެހެންކަމުން ފަރުވާގެ ފުރުޞަތު ބޭނުންވާކަމަށް އޭނާ ބުނި ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އޭނާއަށް ފަރުވާގެ ފުރުޞަތު ފަހިވެފައިކަމަށާއި ބަންދުގައި ބަހައްޓައިފިނަމަ ފުރުޞަތު ގެއްލޭނެކަމަށްވެސް އޭނާ ބުނި ކަމަށް އަމުރުގައިވެއެވެ.

އެހެންކަމުން ފަރުވާގެ ފުރުޞަތު ފަހިވެފައިވޭތޯ ބެލުމަށްފަހު އެފުރުޞަތު ފަހިކޮށްދެވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ އަންގާފައެވެ.

އެ ޒުވާނާއަކީ ހައްޔަރު ބަންދު ރެކޯޑު އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.