ލަންކާ ޓީމްގެ ކޯޗް ސަނަތު ޖަޔަސޫރިއާ... ފޮޓޯ: އަދަދެރަނާ
ކުޅިވަރު
28 Nov 2025 | 21:15
ޕާކިސްތާން ޓްއާއިން ލިބޭ ފައިސާ ހަދިޔާކުރާނީ ހާލުގައި ޖެހުނު ފަރާތްތަކަށް: ލަންކާ ކްރިކެޓް ޓީމް

ޕާކިސްތާނު ޓްއާއިން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ވިއްސާރާގެ ސަބަބުން ހިނގާދިޔަ ހާދިސާތަކުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ކަމަށް ސްރީލަންކާގެ ޤައުމީ ކްރިކެޓް ޓީމުން ބުނެފިއެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ލަންކާ ޤައުމީޓީމްގެ ކޯޗް އަދި ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިއާ ބުނީ، ޕާކިސްތާނުގައި މިހާރު ކުރިއަށްދާ މުބާރާތުން ލަންކާ ޓީމަށް ލިބޭ ހުރިހާ ފައިސާއެއް ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށެވެ. ކޯޗް ބުނީ ލަންކާ ކްރިކެޓް ޓީމްގެ ކުޅުންތެރިންނާ އޮފިޝަލުންތިބީ ހާލުގައި ޖެހުނު ފަރާތްތަކާއި އަދި އެފަރާތްތަކަށް އެހީވުމަށް އެކިގޮތްގޮތުން މަސައްކަތްކުރަމުންދާ ޓީމްތަކާއެކުގައިކަމަށެވެ. 

ޖަޔަސޫރިޔާ ބުނީ ކުޅުންތެރިންނާއި އޮފިޝަލުން ޓީމެއްގެ ގޮތުގައި ތިބީ ހާލުގައި ޖެހުނު ފަރާތްތަކާއެކުގައި ކަމަށާއި، މުބާރާތުން ލިބޭ ފައިސާ އައި މެޗް ފީގެ ގޮތުގައި ލިބޭ ފައިސާ ހަދިޔާކުރާނީ ޤައުމަށް މިވަގުތު އެންމެ ބޭނުންޖެހިފައިތިބި ފަރާތްތަކަށް ކަމަށެވެ.

އެނބުރިޤައުމަށް ގޮސް އަހަރުމެންގެ އެންމެ ފުރަތަމަ މަސައްކަތަކަކަށް ވާނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ދިނުމާއި އެހީ ހޯދުން. ޓީމްގެ އެދުމަކީ ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ހުރިހާ ރައްޔިތުންވެސް ބޯލަނބައި އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކޮށްދިނުން

ލަންކާ ޓީމްގެ ކޯޗް ސަނަތު ޖަޔަސޫރިއާ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް ހިނގި ހާދިސާ ތަކުގައި 60 ހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތައް ބައެއްގެ ގެދޮރުވަނީ ނެތިގެންގޮސްފައެވެ. މިހާހިސާބަށް އާއިރު 12،000 އާއިލާއެއްގެ ބޯހިޔާވަހިކަން ގެއްލިފައިވާއިރު، ލަންކާގެ ބައެއް އަވައްތަކުގެ އުމްރާނީ ވަސީލަތްތައް ވަނީ މުޅިންހެން ފުނޑުފުނޑުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.