ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު.. ފޮޓޯ: ސީއެންއެމް
ހަބަރު
29 Nov 2025 | 00:47
އެމްޑީޕީގެ ޗެއާޕާސަނަކަށް ވަހީދު ނުހޮވުނު، ޤައުމީ މަޖިލީހުގެ ޖަލްސާވެސް ޖެހުނީ ހުއްޓާލަން

އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާ އެންމެފަހުން ހިޔާލު ތަފާތުވުމަކަށްގޮސް ނިންމާލައިފިއެވެ.

އެމްޑީޕީން މިރޭ އެޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވާފައިމިވަނީ ޕާޓީގެ ވަގުތީ ޗެއާޕާސަނަކު ހޮވުމަށްޓަކައެވެ. އެ މަގާމަށް މެމްބަރަކު އިންތިހާބުކުރަން ޖެހުނީ ޗެއާޕާސަންކަމުގެ މަފާމުގައި ހުރި ފައްޔާޒް އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. 

ޤައުމީ މަޖިލީހުގެ ޖަލްސާގައި ޗެއާޕާސަންކަމުގެ މަގާމަށް މެމްބަރަކު އައްޔަނުކުރުމުގެ ކަންތައް ކުރިއަށްދިޔައިރު، އެމަގާމަށް ނަން ހުށަހަޅާފައިވަނީ، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދާއި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމްގެ އިތުރުން  ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ. 

މި ބައްދަލުވުމުގައި 95 މެމްބަރަކު ހާޒިރިވިއިރު، އަބްދުﷲ ވަހީދުގެ ނަމަށް ވޯޓަށް އެހުމުން އޭނާއަށް ލިބުނީ 47 ވޯޓެވެ. ގަވާއިދު އޮންނަ ގޮތުން ޗެއާޕާސަންކަމަށް އަންނަން 48 ވޯޓު ބޭނުންވެއެވެ. އެންމެފަހުން ދެ ހުރި ނަންތަކަށް ވޯޓަށް އަހަން ތައްޔާރުވިއިރު، އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ގިނަ އަދަދެއްގެ މެމްބަރުން ވަނީ ޤައުމީ މަޖިލީހުގެ ޖަލްސާއިން ނިކުމެގެން ގޮސްފައެވެ. 

ޤައުމީ މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނެ ތާރީހެއް އެމްޑީޕީން ކަނޑައަޅާފައިނުވާއިރު، މިރޭގެ ބައްދަލުވުން ކުރިއަށްދިޔައީ މީޑިއާތަކަށް ސިއްރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.