މާލީ ވަޒީރު މޫސާ ޒަމީރު... ފޮޓޯ: ބީސީސީ
ހަބަރު
29 Nov 2025 | 09:46
އިސްރާފާއި، ބޭކާރު ހަރަދުތައް ކުޑަކޮށް ދައުލަތުގެ ހަރަދުތައް ހިފެހެއްޓިއްޖެ: ޒަމީރު

ދައުލަތުގެ މާލިއްޔަތު ތަރުތީބުކުރުމަށް އަދުގެ ސަރުކާރުން މިހާތަނަށް ކުރި މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަން ފަށާފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ އެސްއެމްއީ އެވަރޑް ހަފްލާގައި ދައުލަތުގެ މާލިއްޔަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ދައުލަތުގެ މާލިއްޔާ ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކުން 2024 ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 9.9 އިންސައްތައިގައި ހުރި ދަރަނި މިއަހަރުގެ ނިޔަލަށް 5.5 އިންސައްތައަށް ދަށްވާނޭކަމަށް ލަފާކޮށް ކުރެވނު މަސައްކަތްތައް އެދެވޭ ގޮތެއްގައި ހާސިލްވަމުންދާކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅައި ދައުލަތުގެ ބަޖެޓް އުސޫލްގެ ތެރެއިން މެނޭޖްކުރެވިގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއަހަރު ޖެހިގެހިގެން 40 ހަފްތާވަންދެން ބަޖެޓް ސާޕްލަސްއެއްގައި ނުވަތަ އަރަނީގައި ހިފެހެއްޓިފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ މިކަންކަން ހާސިލްކޮށްފައިވަނީ މީގެކުރިން ކޭޝްފްލޯ މެނޭޖްކުރުން ހަރުދަނާކުރެވި ބަޖެޓުން ކުރެވެމުން އައި އިސްރާފްތަކާއި، ބޭކާރުގޮތުގައި ކުރެވެމުން އައި ދަތުރުފަތުރުގެ ހަރަދުތަކާއި މަރާމާތުތަކަށް ކުރަމުންއައި ހޭދަތައް ކުޑަކޮށްގެންކަމަށެވެ.

މި މާލީ ނަތީޖާތައް ހާސިލްކުރެވުނީ ސަރުކާރުން ގެންނަމުންދާ މުހިންމު އިސްލާހްތަކާއި، އޭގެ ހެޔޮ ނަތީޖާތަކުގެ ސަބަބުން

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ބަޖެޓްގެ ކަންކަން އެ ބީދައިން މެނޭޖްކުރަމުންއައިނަމަވެސް ބަޖެޓުން އަދާކުރަންޖެހޭ މުހިންމު ވާޖިބުތައް އަދާކުރަމުން އައިސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން މިއަހަރު ދަރަނީގެ ގޮތުގައި ދައްކަންޖެހުނު 100 މިލިއަން ޑޮލަރު ދެއްކުމާއިއެކުވެސް ސަވަރިން ފަންޑްގައި ހުރި އަދަދުތައް އިތުރުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިއަހަރު ނިމޭއިރު ސަވަރިން ފަންޑް 100 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަަށެވެ. މިއީ މުސްތަގްބަލުގައި ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަން މާލީ ވަޒީރުގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.