އިޤްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު--ފޮޓޯ/ބީސީސީ
ހަބަރު
29 Nov 2025 | 11:00
ގަވާއިދާ ހިލާފަށް ބިދޭސީންނަށް ވިޔަފާރި ހިންގުމުގެ ފުރުސަތު ސަރުކާރުން ދެން ނުދޭނެ: ސައީދު

ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދެން ބިދޭސީންނަށް ވިޔަފާރިކުރަން ތިބުމުގެ ފުރުސަތު ނުދެއްވާނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ރޭ ބޭއްވި އެސްއެމްއީ އެވޯޑް ހަފްލާގައި ވާހަކަދައްކަވަމުްނ ވަޒީރު ވިދާޅުވީ، ބިދޭސީންނަށް ދެން ރާއްޖޭގައި ޤާނޫނީ އިމުން ވިޔަފާރި ހިންގުމުގެ ފުރުސަތު ނުދޭނޭކަމަށާއި، އެގޮތަށް އެކަން ކުރާނަމަ ފޮނުވާލާނޭކަމަށެވެ. ވަޒީރު ވިދާޅުވީ  ބިދޭސީން ކުރާ ވިޔަފާރިތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ބަންދުކުރުމުގެ މަސައްކަތް ކުރާނޭކަމަށެވެ.

'ކޮންބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަން' ކިޔާ ގައުމީ ޓާސްކު ފޯހެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ފޮރިން އިންވެސްތްމަންޓްގެ އައު ޤާނޫނާއެކު، ބިދޭސީންނަށް ނުކުރެވޭނެ ފަދަ ވިޔަފާރިތައް ކަނޑައަޅާ، ގަވައިދާއި ހިލާފަށް ބިދޭސީން ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން މިހާރު ފަށާފައިވާކަމަށެވެ.

45 އަހަރަށް ފަހު މުޅިން އާ ފޮރިން އިންވެސްޓްމެންޓް ގާނޫނެއް މިހާރު ވާނީ ވުޖޫދުކޮށްފަ. އޭގެ ސަބަބުން ތަފާތު އެކި ވިޔަފާރީގެ ދާއިރާތަކުގެ ތެރެއިން ބިދޭސީންނަށް ނުކުރެވޭނެ ވިޔަފާރިތައް ކަނޑައަޅާފަ އެހެރީ. މިހާރު އަޅުގަނޑުމެންނާއި ހޮމްލޭންޑް މިނިސްޓްރީއާއި ލޯ އެންފޯސްމެންޓް އޭޖެންސީތަކާއިއެކު މިދަނީ އިލީގަލް ވިޔަފާރިތައް ބަންދުކުރުމާއި ދިމާލަށް. އިރާދަކުރެއްވިއަޔާ ރައްޔިތުންގެ ސަޕޯޓާއި އެއްކޮށް އެކަން ތަންފިޒު ކުރާނަން.

އިޤްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު

މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، އެ ޤާނޫނު ބުނާގޮތުން ބިދޭސީންނަށް ވަނީ ބައެއް ކަހަލަ ވިޔަފާރިތައް ހިންގުން މަނާކޮށްފައެވެ

ބިދޭސީންނަށް ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ގޮތުގައި މިނިސްޓްރީއިން ކަނޑައަޅާފައި ވަނީ ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިއާއި، ކާބޯތަކެތީގެ ހިދުމަތަ ދިނުމާއި، ކަނޑައެޅިފައިވާ މިންވަރަށް ވުރެ ދަށް އިމާރާތްކުރުމުގެ މަސައްކަތްތަކާއި، ޓްރެވަލް އެޖެންސީތަކާއި، ލޮޖިސްޓިކްސް އަދި ކާގޯ ހެންޑްލިންގެ ހިދުމަތްތަކާއި، ޕޯސްޓް އަދި ކުއަރިއާގެ ހިދުމަތްތަކާއި، ވަޒީފާދޭ އިދާރާތަކާއި، ދުންފަތުގެ އުފެއްދުމާއި، ޕްލާސްޓިކް އުފެއްދުމާއި، ވެލި ނެގުމާއި، ސަލާމަތީ ހިދުމަތްތަކާއި، ދަތުރުފަތުރުގެ ހިދުމަތަތަކާއި، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީއާއި، އިޝްތިހާރުކުރުމާއި، މާކެޓް ދިރާސާތަކާއި، އަދި އެހެނިހެން ބައެއް ދިރާސާތަކެވެ.

ކޮމެންޓް
މިސްޓަރ
ބުނަނީނު. އަހަރުމެން ގޭގެ ކުރިމަތީގަ އެ ހުޅުވާލީ ބޮޑު ކެފޭއެއް އެމީހުން
29 Nov 2025
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.