ނޯ ކެޕް ޖަސްޓް ފެކްޓްސް އެޑް
ހަބަރު
29 Nov 2025 | 19:36
ނޯ ކެޕް ޖަސްޓް ފެކްޓްސް: ކިޔައިދޭނީ މައުލޫމާތު ކަށަވަރުކުރާނެ ގޮތްތައް

މައުލޫމާތު ކަށަވަރުކުރުމުގެ މުހިންމުކަމަށް ހޭލުންތެރިކުރުމަށް ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޑިގްރީ ދަރިވަރުން ކުރިއަށްގެންދާ ކެމްޕެއިންގެ ދަށުން އަންނަ ހޯމަ ދުވަހު ފޯރަމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
"ނޯ-ކެޕް ޖަސްޓް ފެކްޓްސް"ގެ ނަމުގައި މި ކެމްޕެއިން ފެށީ ސްކޫލް ނިންމާ ކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށެވެ. ސްކޫލުތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުން އަދި އާއްމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އަންނަ ހޯމަ ދުވަހު ބާއްވާ ފޯރަމްގައި ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ދަސްކޮށްދޭނެ އެވެ.ފެތުރުމުގެ ކުރިން އެއީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރަން ބާރުއެޅުމުގެ މަގުސަދުގައި ހިންގާ މި ކެމްޕެއިންގެ ދަށުން ބާއްވާ ފޯރަމްގައި މައުލޫމާތު ދޭނީ އެ ދާއިރާއެއްގެ ތަޖުރިބާކާރުންނެވެ.

އެ ޕެނަލިސްޓުންގެ ތެރޭގައި ނޫސްވެރިއަކާއި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މީހަކާއި ޓެކްނޮލޮޖީ ދާއިރާގެ މީހެއް އަދި ގާނޫނީ މަސައްކަތުގެ ތަޖުރިބާކާރެއް ހިމެނެއެވެ.

ނޭނގި ފަތުރާ ދޮގުމައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި އެކަމަށް ގެނެވޭނެ ހައްލުތަކަށް އެ ތަޖުރިބާކާރުން އަލިއަޅުއްވާލައްވާނެ އެވެ.

"ވީހާ ވެސް އިންޓަރެކްޓިވްކޮށް މި ފޯރަމް ގެންދާނީ. އޯޑިއަންސްއަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބޭ ގޮތަށް މިކަން ރާވާފައިވަނީ." އެ ދަރިވަރުން ބުންޏެވެ.

އެ ހަރަކާތް އިންތިޒާމްކުރާ ދަރިވަރުން ބުނީ އެއް ގަޑިއިރަށް ގެންދަން ނިންމާފައިވާ ފޯރަމްގެ ތެރޭގައި ތެދު މައުލޫމާތާއި ދޮގު މައުލޫމާތު ދެނެގަންނާނެ ޓޫލްތައް ވެސް ކިޔައިދޭނެ ކަމަށެވެ. އެހެންވެ, މިއީ, އޭއައި އަދި ޑިޖިޓަލް މީޑިއާ ކުރިއަރަމުން އަންނަ މި ޒަމާނުގައި ކޮންމެހެން ވެސް އެނގެންޖެހޭ މުހިއްމު މައުލޫމާތު ލިބޭނެ ފޯރަމެއް ކަމަށް އިންތިޒާމްކުރާ ދަރިވަރުން ބުންޏެވެ. އެ ފޯރަމްގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް މިހާރު ރަޖިސްޓްރީވާން ވެސް ވަނީ ހުޅުވާލާފައެވެ. https://docs.google.com/forms/d/e/1FAIpQLSfqlOV3gEi35QhpiWbsXWhsxKKBkcmYnFHv0NNpLFTx6inQ7Q/viewform

އެ ހަރަކާތް އިންތިޒާމްކުރާ ދަރިވަރުން ބުނީ ރަޖިސްޓްރީވެ, އޭގެ ބައިވެރިންގެ މެދުގައި ގުރުއަތުލުން ނަގާނެ ކަމަށެވެ. އަދި އެއްވަނަ ލިބޭ ދަރިވަރަކަށް އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ދޭން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.