އެމްޑީޕީން މިފަހުން ބޭއްވި ބޮޑު ޖަލްސާވެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
30 Nov 2025 | 09:01
މިއީ އެމްޑީޕީއަށް އުނދަގޫ ދުވަސްތަކެއް؛ ނަމަވެސް މިކަމުން އަރައިގަނެވޭނެ: ރައީސް ނަޝީދު

އެމްޑީޕީ މިވަގުތު ދަތި ދުވަސްތަކެއް ތަޖުރިބާ ކުރަމުންދާ ކަމަށާއި، އެހެންނަމަވެސް މި ހާލަތުން އެމްޑީޕީ އަރައިގަންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީއަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް އެންމެ މުހިންމީ ޕާޓީގެ އެއްބައިވަންތަކަން ކަމަށް މިއަދު އެމްޑީޕީގެ ގިނަ މެންބަރުން ބުނަމުންދާ ކަމަށެވެ.

މިކަމާ ގުޅުވައި ރައީސް ނަޝީދު ވަނީ 1933 ވަނަ އަހަރު ހިނގާދިޔަ "މޯޓަރު ބޯޓުގެ ގަޑުބަޑު" ގެ ހާދިސާގައި، އަމީން ދީދީ ވިދާޅުވެފައިވާ ބަސްފުޅެއްގެ ހަނދުމައައުކުރައްވާފައެވެ.

އެގޮތުން އަމީން ދީދީ އެދުވަހު ވިދާޅުވެފައިވަނީ، އެންމެ މުހިންމީ ކެބިނެޓުގެ އެއްބައިވަންތަކަން ކަމަށާއި، ކެބިނެޓުގެ އެކަކަށް ލިބޭ ގެއްލުމެއް އަނެކަކަށް ވެސް ލިބެންޖެހޭނެ ކަމަށެވެ.

އަދި އެކަންތައް ހިނގާދިޔަ ގޮތާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ފަހުން ދެ ފަރީދާއި އަމީން ދޫކޮށް އެންމެންނަށް ޖެހުނީ މޯޓަރު ބޯޓުގައި "ކޮޅުނބަށް" ދާން ކަމަށެވެ. އެދުވަހު ކެބިނެޓު އެއް އަހަރު އެތަނުގައި ތިބި އިރު، ދަރަވަންދޫގޭ ޙުސައިން ޞަލާޙުއްދީން ލިޔުއްވި ޅެން ބައިތެއް މިވަގުތަށް މުނާސަބު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އުނިކަން ނުވާ މާތް ދޫފުޅުން، އެދުވަހު ވިދާޅުވީ، ޔުނިޓީ އަކީ ފަހެ ޙަސަދަޔާ، މަކަރަށް ނުވާނެ ބާ؟"

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރީން އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު ޕާޓީ ދެ ފެކްޝަނަކަށް ބެހިގެންދިޔައެވެ. ފެކްޝަނުގެ އެއްފަރާތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ހުންނެވިއިރު، އަނެއް ފަރާތުގައި ހުންނެވީ ނަޝީދެވެ. 

އެ ކޯޅުމުގެ ތެރެއިން ނަޝީދުގެ ފެކްޝަނުގެ މެންބަރުން ޕާޓީ ދޫކޮށް އައު ޕާޓީއެއްވެސް ހެދިއެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި، އެ ޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާ ވަނީ ގުޅިފައެވެ. އެ ގުޅުނު ފަހުންވެސް ޕާޓީގެ އެތެރޭގައި ހަލަބޮލިކަން ކުޑަ ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.