ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގެ ތެރެއިން-- ފޮޓޯ/ގެޓީއިމަޖެސް
ދުނިޔެ
30 Nov 2025 | 09:21
ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބައިނަލްއަގުވާމީ އެހީއަށް އެދިއްޖެ

ލަންކާއަށް އަރާފައިވާ ތޫފާން ދިތުވާގެ ސަބަބުން ކުރިމަތިވަމުންދާ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކުގެ ސަބަބުން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައިނަލްއަޤުވާމީ އެހީތެރިކަމަށް އެދިއްޖެއެވެ. 

ނޮވެމްބަރު މަހުގެ 18 ވީ ހުކުރު ދުވަހުން ފެށިގެން އެ ޤައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. 

ލަނކާއަށް ކުރިމަތުވެފައިވާ ތޫފާނުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 159 އަށް އުފުލި، ގެއްލިފައިވާ މީހުންގެ ޢަދަދު ވެސް ވަނީ 200 އަށް ވުރެ މައްޗަށް ގޮސްފައެވެ. ސްރީ ލަންކާގެ ބައި މިލިޔަނެއްހާ މީހުންނަށް ތޫފާނުގެ އަސަރުކޮށްފައިވާއިރު،  އެކި ސަރަޙައްދުތަކުގައި 20،000 އަށްވުރެ ގިނަ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. އެގޮތުން 108،000 އަށްވުރެ ގިނަ މީހުން ވަނީ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ އެހީދޭ މަރުކަޒުތަކަށް ގެންގޮސްފައެވެ.

އެހެންކަމުން ސްރީ ލަންކާއަށް ކުރިމަތިވެފައިވާ މި އުނދަގޫ ޙާލަތުގައި އެ ޤައުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުން ވަނީ އެދިފައެވެ. އަދި ޤައުމުން ބޭރުގައި ދިރިއުޅޭ ސްރީ ލަންކާގެ ރައްޔިތުން ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ވެސް ސަރުކާުރުން ވަނީ ގޮވާލައިފައެވެ. ސްރީ ލަންކާގެ ބޮޑުވަޒީރު ހަރީނީ އަމާރަސޫރިޔާ ވެސް ވަނީ ކޮލޮމްބޯގައި ތިއްބަވާ ބޭރުގެ ޑިޕްލޮމަޓުންނާ ބައްދަލުކުރައްވައި ޙާލަތު ޙިއްޞާކުރައްވައި، އެ ޤައުމުތަކުގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައެވެ.

ލަންކާއަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅުކޭސް އެގައުމަށް ހަދިޔާކުރަން ނިންމާފައެވެ. އަދި އަވަށްޓެރި އިންޑިޔާއިން ވެސް ވަނީ ސްރީ ލަންކާއަށް 6.5 ޓަނުގެ ކާބޯތަކެތި ވައިގެ މަގުން ފޮނުވާފައެވެ. ކޮލޮމްބޯ ސަރަޙައްދުގައި އޮތް އިންޑިޔާގެ މަނަވަރަކުން ވެސް ވަނީ އެ މަނަވަރުގައި ހުރި ކާބޯތަކެތި ސްރީ ލަންކާއަށް ހަދިޔާކޮށްފައެވެ. އިންޑިޔާގެ ރައީސް ނަރެންދްރާ މޯދީ ވަނީ ސްރީ ލަންކާއަށް ތައުޒިޔާ ފޮނުއްވަވައި އެ ޤައުމަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާއިން ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވެފައެވެ.

އާދަޔާ ޚިލާފަށް ގިނަ ޢަދަދަކަށް ވާރޭވެހުމުގެ ސަބަބުން ސްރީ ލަންކާގެ ކޯރުތައް ބަންޑުންވަމުންދާއިރު، އެ ކޯރުތަކާއި ކައިރި ސަރަޙައްދުތަކުގައި ހުންނަ ގޭގެ ހުރީ ފެނު އަޑީގައެވެ. އަދި މި ކާރިސާގެ ސަބަބުން އެ ސަރަހައްދުތަކުން ވަނީ ކަރަންޓުވެސް ކެނޑިފައެވެ.

ސްރީ ލަންކާގެ ފުލުހުންނާއި ކަނޑުމަތީ ސިފައިންނާއި އަސްކަރިއްޔާއިން ދަނީ ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، ޢާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކާބޯތަކެތި ބަހައި މަގުުތައް ސާފުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ނަމަވެސް ކުރިއަށް އޮތް ދެ ދުވަހު ވެސް އެ ޤައުމަށް އަދިވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެފައިވާއިރު، ސްރީ ލަންކާގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް