އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން-- ފޮޓޯ/އޭއެފްޕީ
ދުނިޔެ
30 Nov 2025 | 12:23
ތޫފާން ދިތުވާގެ މިސްރާބު އިންޑިއާއާއި ދިމާލަށް

ދެކުނު އޭޝިޔާ ސަރަޙައްދަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާ މިއަދުގެ ވަގުތެއްގައި އިންޑިޔާގެ އިރުދެކުނު އައްސޭރިފަށުގެ ސަރަޙައްދުތަކަށް އަރާނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރުދީފިއެވެ. 

އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ތޫފާން ދިތުވާ އެ ސަރަޙައްދުތަކަށް އަރާނެ ކަމުގައެވެ. އަދި، ތޫފާނުގެ ބާރު އިތުރަށް ގަދަވަމުންދާނެ ކަމުގައި ވެސް އެ އިދާރާއިން ވަނީ އަންގާފައެވެ. 

މި ތޫފާނުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާނީ އިންޑިޔާގެ އިރުދެކުނުގައި އޮތް ތަމިލް ނާޑޫ ސްޓޭޓްގެ އުތުރާއި، ޕުދުޗެރީގެ ސަރަޙައްދުތަކުގެ އިތުރުން އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ދެކުނުގެ ސަރަޙައްދުތަކަށް ކަމަށް ލަފާކޮށްފައިވެއެވެ. މި ތޫފާނާ ގުޅިގެން ތަމިލް ނާޑޫގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް މިހާރު ވެސް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. އަދި، އެ ސަރަޙައްދުގައި އާދަޔާ ޚިލާފަށް ވައި ބާރުވެފައިވާ ކަމުގައި ވެސް ރިޕޯޓުކޮށްފައިވެއެވެ.

އާދަޔާއި ހިލާފަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ، ތަމިލް ނާޑޫން މި ވަގުތު ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ވޭދާރާނިޔަމްގައި އޮތް ކޯޑީއާކްރާއީ ގޮނޑުދޮށް އޮތް ސަރަޙައްދަށެވެ.

މި ތޫފާން އިންޑިޔާގެ އިރުދެކުނުގެ ސަރަޙައްދުތަކަށް އަރާނެ ކަމުގެ އިންޒާރު ދިނުމާ އެކު، އެ ސަރަޙައްދުތަކުގެ އިދާރާތަކުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވެ އެހީތެރިވާ ޓީމުތައް ތައްޔާރީ ހާލަތަކަށް ގެނެސް، ތަމިލް ނާޑޫގެ އިތުރުން އަންދްރަ ޕްރަދޭޝާއި ޕުދުޗެރީއަށް ރަތް ސަމާލު ވަނީ އިޢުލާނު ކޮށްފައެވެ. މީގެ އިތުރުން، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ސަރަހައްދުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ އިރުޝާދު ދީފައެވެ. އެގޮތުން ގެއިން ބޭރަށް ނުދިޔުމަށް ޢާންމު ރައްޔިތުންނަށް އަންގައި، އެ އިދާރާއިން ވަނީ ކަނޑު މައްޗަށް ނޭރުމަށް މަސްވެރިންނަށް އިރުޝާދު ދީފައެވެ.  

ސްރީލަންކާއަށް އެރި މި ނުރައްކާތެރި ތޫފާން ދިތުވާގައި 150 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފައެވެ. އަދި ގެއްލިފައިވާ މީހުންގެ ޢަދަދު ވެސް ވަނީ 200 އަށް ވުރެ މައްޗަށް ގޮސްފައެވެ. ސްރީ ލަންކާގެ ބައި މިލިޔަނެއްހާ މީހުންނަށް ތޫފާނުގެ އަސަރުކޮށްފައިވާއިރު، އެކި ސަރަޙައްދުތަކުގައި 20،000 އަށްވުރެ ގިނަ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.