ތައިލެންޑާއި ދިވެހިރާއްޖެ ކުޅިވަރު ދާއިރާގެ އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ކުޅިވަރާ ބެހޭ ވުޒާރާ
ހަބަރު
30 Nov 2025 | 13:34
ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ތައިލެންޑާއި ދިވެހިރާއްޖެ އެއްބަސްވެއްޖެ

ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ތައިލެންޑްގެ ކުޅިވަރު ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި ތައިލެންޑް ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ ފަތުރުވެރިކަމާއި ކުޅިވަރާއި ބެހޭ ވަޒީރު ޕަތުޕޮންގު ޕޮންގުސަކުލްއެވެ.

މިރަސްމިއްޔާތުގައި ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުވާދު ތައުފީޤު ހިމެނޭހެން ރާއްޖޭގެ ވަފުދަކުންވެސް ބައިވެރިވެވަޑައިގެންފަވެއެވެ. އަދި ތައިލެންޑުގެ ފަރާތުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގައި ހިމެނެނީ އެގައުމުގެ ޚާރިޖީ ވުޒާރާގެ ބޭފުޅުންނާއި، ޑިޕާޓްމަންޓު އޮފް ފިޒިކަލް އެޑިއޭޝަންގެ އިސްފަރާތްތަކުގެ އިތުރުން، ނެޝަނަލް ސްޕޯޓްސް ޔުނިވަރސިޓީ އަދި ތައިލެންޑްގެ ކުޅިވަރު އޮތޯރިޓީގެ ބޭފުޅުންނެވެ.

މިއެއްބަސްވުމުގެ ދަށުން ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ފިޒިކަލް އެޑިއުކޭޝަނާއި ސްޕޯޓްސް އޮތޯރިޓީ އޮފް ތައިލެންޑް އަދި އެގައުމުގެ ނެޝަނަލް ސްޕޯޓްސް ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން މިދާއިރާއިން މީހުން ތަމްރީނުކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ކުޅިވަރުގެ ދާއިރާގެ މުވައްޒަފުން ކުރިއެރުވުމާއި، ތަމްރީނުދިނުމުގެ އިތުރުން، ކުޅިވަރުގެ ތަމްރީނާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޅިވަރުގެ ވަސީލަތްތަކާއި ފެސިލިޓީތައް ތަރައްޤީކުރުމަށް ވެސް މިއެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި އެގައުމުގެ ފަތުރުވެރިކަމާއި ކުޅިވަރާއި ބެހޭ ވަޒީރު ވިދާޅުވެފައިވަނީ ތައިލެންޑާއި ރާއްޖެއާއި ދެމެދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.