އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން-- ފޮޓޯ/މާތުރަބޫމީ.ކޮމް
ދުނިޔެ
30 Nov 2025 | 14:17
ތޫފާން ދިތުވާ: އިންޑިއާއިން މިހާތަނަށް ތިން މީހުން މަރު

ދެކުނު އޭޝިޔާ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާ، އިންޑިޔާގެ އިރުދެކުނުން ތަމިލް ނާޑޫގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި ތިން މީހުން މަރުވެއްޖެއެވެ.

ސްރީ ލަންކާގެ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު މިއަދުގެ ހެނދުނުގެ ވަގުތެއްގައި ތޫފާން ދިތުވާ ވަނީ އިންޑިޔާގެ ސަރަޙައްދުތަކަށް ވެސް އަރާފައެވެ. އެގޮތުން ތަމިލް ނާޑޫގެ އިތުރުން އިންޑިޔާގެ އިރުދެކުނުގައި އޮތް ޕުދުޗެރީގެ ސަރަޙައްދުތަކާއި އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ދެކުނުގެ ސަރަޙައްދުތަކަށް ވެސް ތޫފާނުގެ އަސަރު ދަނީ ކުރަމުންނެވެ.

މި ތޫފާނުގެ ނުރައްކާ އިތުރުވަމުން ދިޔުމާ އެކު ތަމިލް ނާޑޫ ސްޓޭޓްގެ ވެރިރަށް ޗެންނައިގައި އޮރެންޖު ސަމާލު އިޢުލާނު ކޮށްފައިވާއިރު، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންނަށް އިރުޝާދު ދީފައެވެ. ތަމިލް ނާޑޫން މި ވަގުތު ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ވޭދާރާނިޔަމްގައި އޮތް ކޯޑީއާކްރާއީ ގޮނޑުދޮށް އޮތް ސަރަޙައްދަށެވެ.  

މި ތޫފާނާ ގުޅިގެން ހިނގި ހާދިސާތަކުގައި ތަމިލް ނާޑޫގެ އައްސޭރިފަށުގެ ސަރަހައްދުތަކުން މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަން އެ ސްޓޭޓްގެ އާމްދަނީއާއި ކާރިސާތަކާ ބެހޭ ވަޒީރު ކޭކޭއެސްއެސްއާރް ރާމްޗަންދްރަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭގެ ތެރެއިން ދެ މީހަކު މަރުވީ ތަންޖާވުރާއި ތޫތުކުޑީގައި ފުރާޅުތަކެއް ވެއްޓި، އޭގެ ދަށުވެގެންނެވެ. ތިންވަނަ މީހާ މަރުވީ މައިލާދުތުރައީގައި ކަރަންޓުގައި ޖެހިގެންނެވެ. އަދި މި ކާރިސާގައި މިހާތަނަށް 149 ޖަނަވާރުވެސް މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، މި ހާދިސާއާއި ގުޅިގެން 57,000 ހެކްޓަރުގެ ދަނޑުބިން ވެސް ހަލާކުވެފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. 

މި ތޫފާނުގައި ބާރު ވަޔާ އެކު މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހެމުން ދިޔުމާ ގުޅިގެން ގެދޮރުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހުމުން އެފަރާތްތައް ވަނީ އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ އެހީގައި ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އެގޮތުން ރާމްޗަންދްރަން ވިދާޅުވީ، މިހާތަނަށް 2,300އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމުގައެވެ. 

ތޫފާން ދިތުވާ ސްރީ ލަންކާއަށް އަރާ، ކުރިމަތި ކުރުވި ގުދުރަތީ ކާރިސާގެ ސަބަބުން އެ ގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 190ށްވުރެ މައްޗަށް އުފުލިފައެވެ.    

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް