ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
30 Nov 2025 | 14:57
ޕީއެންސީގެ ކައުންސިލް އިންތިޚާބު ޕްރައިމަރީ ޑިސެމްބަރު 27 ގައި؛ ވާދަކުރުމުގެ ފުރުސަތު މާދަން ހުޅުވާލަނީ

ކުރިއަށް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 27ގައި ބާއްވަން ނިންމައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާ ފުރުސަތު ހުޅުވާލާނެ ކަމަށް ބުނެފިއެވެ. 

މިކަން އިއުލާން ކޮށް، ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކައުންސިލް އިންތިޚާބުގެ ޕީއެންސީގެ ތަރުޖަމާނު، އަދި އެޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވީ، ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މާދަމާއިން ފެށިގެން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. 

އަދި ޕްރައިމަރީއަށް ހުޅުވާލާފައިވާ މުއްދަތުގައި ޕާޓީއަށް އަލަށް ގުޅޭ މީހުންނަށް ވެސް އެ ޕްރައިމަރީގައި ވާދަކުރެވޭނެ ކަމަށެވެ. 

ފަލާޙް އިތުރަށް ވިދާޅުވީ، އިންތިޚާބަކީ ދެފުށްފެންނަ އިންތިޚާބަކަށް ހެދުމަށް މާލޭގައި ރަށްރަށުގެ ވޯޓު ފޮށިތައް ނުބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި ޕްރައިމަރީގައި ވޯޓުލެވޭނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަށް އެކަނި ކަމަށެވެ.

އެވެސް މި އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށާ އެތެރޭގެ އިދާރީ ކަންކަން ވީހާވެސް ފުރިހަމައަށް ކުރިއަށް ގެންދިޔުމަށް. ބައެއް ފަހަރަށް ޕްރައިމަރީގައި ވޯޓުލާއިރުގައި މާލޭގައި ބަހައްޓާފައި ހުންނައިރު، ދެކޮޅަށް ދަތުރުކޮށް، ވޯޓު އޮޅޭ ކަހަލަ ކަންކަން ވެފައި ހުންނާތީ

ފަލާޙް

ފަލާޙް ވިދާޅުވީ، މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އަކީ ޕީއެންސީ ކަމަށް ވުމާއެކު، މި ޕްރައިމަރީ ވެގެންދާނީ ޕާޓީއަކުން މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީ ކަމަށެވެ. އެގޮތުން މިހާތަނަށްވެސް މި ޕްރައިމަރީގައި 1400އަށް ވުރެ ގިނަ މީހުން ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ މި ޕްރައިމަރީއަކީ ވަރަށް ބޮޑު ޕްރައިމަރީއަކަށްވާނެ. މިހާ ގިނަ މެންބަރުންތިބި ޕާޓީއެއްގައި ރާއްޖޭގެ ހުރިހާ ރަށަކުންވެސް މިހާރު މިތިބީ ވާދަކުރަން ފުރުސަތަކަށް އެދި، އެބޭފުޅުން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައި. އެހެންވީމާ ވަރަށް ބޮޑު ޕްރައިމަރީއަކަށް ވެގެންދާނެ. އުންމީދު މިކުރަނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީ އަށޭ މި ޕްރައިމަރީ ވާނީ،" ފަލާހު ވިދާޅުވި އެވެ.

ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުން ފޯމު ލުމުގެ ކަންކަން ކުރިއަށްދާނީ ޕޯޓަލްއެއް މެދުވެރިކޮށް އޮންލައިން ކޮށް ކަމަށް ޕީއެންސީން މައުލޫމާތު ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.