އެއިޑްސް ދުވަސް ރަމްޒުކޮށްދޭ ރިބަން-- ފޮޓޯ/ފްރީޕިކް
ހަބަރު
01 Dec 2025 | 09:21
ދުނިޔޭގެ އެއިޑްސް ދުވަސް: މިދިޔަ އަހަރު އެކަނިވެސް އެއިޑްސް ބަލީގައި 630،000 މީހުން މަރުވި

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އެއިޑްސް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އެޗް.އައި.ވީ އަދި އެއިޑްސް ބައްޔާމެދު ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މިއަހަރު ޑަބްލިއުއެޗްއޯއިން މިދުވަހުގެ ޝިޢާރެއްގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވަނީ، "އުނދަގޫތަކުން އަރައިގަނެ، އެއިޑްސްއާއި މެދު ދެކޭގޮތް ބަދަލުކުރުން" މިޝިއާރެވެ. މިއީ ސިޔާސީގޮތުން އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަމާއެކު، އިންސާނީ ހައްގުތައް ރައްކާތެރިކޮށް 2030 އާއި ހަމައަށް އެއިޑްސް ނައްތާލުމަށް މަސައްކަތްކުރުމަށް ބާރުއެޅުމަށް ކަނޑައަޅާފައިވާ ޝިޢާރެކެވެ.

އެއިޑްސް އަކީ 'ހިއުމަން އިމިއުނޯ ޑެފިޝިއެންސީ' (އެޗް.އައި.ވީ) ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިވައިރަސް ޖެހުމުން އިންސާނާގެ ދިފާޢީ ނިޒާމު އެއްކޮށް ބަލިކަށިކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން އެކިކަހަލަ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ދެއެވެ. މިއީ މިހާތަނަށް ވެސް އަދި ފަރުވާއެއް ހޯދިފައިނުވާ ދާއިމީ ބައްޔެކެވެ. 

އެޗް.އައި.ވީ ބަލި އެކަކު ގައިން އަނެކަކު ގަޔަށް ފެތުރެނީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމުންނެވެ. އަދި މަސްތުވާ ތަކެތި ބޭނުންކުރުމަށް އެކަކު ބޭނުންކުރާ ސިރިންޖް/ ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ކުރުމުންނާއި ރައްކާތެރި ނޫން ލޭ އެޅުން ފަދަ ޢަމަލުތަކުންވެސް އޭޑްސް ބަލި ޖެހެއެވެ. މީގެ އިތުރުން އެޗް.އައި.ވީ ޖެހިފައިވާ މައެއްގެ ފަރާތުން މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ދަރިފުޅަށް އެޗް.އައި.ވީ ފެތުރުންވެސް އެކަށީގެންވެއެވެ. 

އެއިޑްސް ބަލީގެ ނުރައްކާ މުޅި ދުނިޔޭގައިވެސް ބޮޑުވެފައިވާކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 40.8 މިލިއަން މީހުން މި ބައްޔާއިއެކު ދިރިއުޅެމުންދާކަމަށް ރިކޯޑު ކުރެވިފައިވެއެވެ. މިދިޔަ އަހަރުގެ ތެރޭގައި މިބަލިން 630،000 މީހުން ވަނީ މަރުވެފައެވެ. އަދި 2024 ވަނަ އަހަރު 1.3 މިލިއަން މީހުންނަށް ވަނީ އެއިޑްސް ޖެހިފައިކަމަށް ދުނިޔެގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.