ސްޓެލްކޯ އޮފީސް: ފޮޓޯ/ ވޮއިސް
ހަބަރު
01 Dec 2025 | 09:19
ހުޅުމާލޭ އިންޖީނުގޭގެ އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް

ހުޅުމާލޭ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނިކުމެވުމަށް އެދޭ ކަމަށް ބުނެފައެވެ. 

ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި މިދިޔަ މަހު 26 ވަނަ ދުވަހު ސްޓެލްކޯގެ މުއައްޒަފަކު ވަނީ ވަރަށްބޮޑަށް ފިހިފައެވެ.

މި ހާދިސާގައި ފިހިފައިވަނީ ސްޓެލްކޯގެ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ހާދިސާގައި ފިހުނު މުއައްޒަފަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. އެފަހުން އޭޑީކޭއަށް ވަނީ ބަދަލުކޮށްފައެވެ. 

މި ހާދިސާއާ ގުޅޭ މައުލޫމާތު ދެމުން މީގެކުރިން ސްޓެލްކޯއިން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ، ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި އަނިޔާވި މުއައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ.

އަދި މިހާދިސާ ހިނގުމާއެކު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާކަަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެނ މަސައްކަތް ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.