ރައީސް ޑރ މުޙައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
01 Dec 2025 | 13:59
އެއިޑްސް ނައްތައިލުމަކީ ބައިނަލްއަގުވާމީ ޒިންމާއެއް: ރައީސް މުޢިއްޒު

އެއިޑްސް ބަލި ނައްތައިލުމަކީ ހުރިހާ ގައުމެއް ހިއްސާވާ ބައިނަލްއަޤުވާމީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ”މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަހަށް ހާއްސަކޮށްފައިވާ ތީމަކީ ތުރާތަކުން އަރައިގަނެ، އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތް ބަދަލުކުރުން“ ކަމުގައިވާއިރު، އެ ބަލި ނައްތާލުމަކީ ބައިނަލްއަޤުވާމީ ޒިންމާއެއް ކަމަށެވެ. 

މިއާއެކު އެމަނިކުފާނުވަނީ މި އަހަރަކީ ޓްރިޕްލް އެލިމިނޭޝަން ނުވަތަ މަންމައިންގެ ގައިން ދަރިންގެ ގަޔަށް އެޗްއައިވީއާއި ސިފިލިސްއާއި ހެޕަޓައިޓިސް ބީ އެރުން މުޅިން ނައްތައިލެވިފައިވާ ފުރަތަމަ ގައުމަށް ރާއްޖެ ވެފައިވާކަން  ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ "ޑަބްލިއުއެޗްއޯ"އިން ކަނޑައެޅި އަހަރުކަން ފާހަގަކުރައްވާފައެވެ. 

އެކަން ހާސިލް ކުރެވުނީ، އެންމެނަށް ބޭސްފަރުވާއަށް ވާސިލުވެވޭނެ މަގު ފަހިކޮށް، ރަނގަޅު ބޭސްފަރުވާ ހޯދައިދިނުމަށް ދިވެހި ދައުލަތުން ކުރާ މަސައްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އަދި މިކާމިޔާބަކީ ބޯޑަރުތައް ހުރަސްކޮށް އެކި ގައުމުތަކާ ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރެވުނު މަސައްކަތާއި، އިލްމު ބަދަލުުކުރުމާއި، ގުޅިގެން އެކުއެކީ އީޖާދީ ގޮތެއްގައި ކުރެވުނު ތަފާތު މަސައްކަތްތަކުން ހާސިލުކުރެވުނު ނަތީޖާއެއް ކަަމަށްވެސް ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ، 2030 ވަނަ އަހަރަށް އަމާޒު ހިފާއިރު، ހުރިހާ އެންމެން ގުޅިގެން އަދުލުވެރި ގޮތެއްގައި ބޭސްފަރުވާ އެންމެންނަށް ލިބޭނެކަން ކަށަވަަރުކުރަންޖެހޭ ކަމަށެވެ. އަދި، ބައެއް ބަލިތަކާގުޅޭ ގޮތުން ދެކޭ ދެކުން ބަދަލުކޮށް، އެންމެހައި ފަރުދުންގެ ކަރާމާތް ނެގެހެއްޓުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.