އެޗްއައިވީއަށް ޓެސްޓްކުރުމަށް ލޭ ނަގާފައި.. ފޮޓޯ: އައިސްޓޮކް
ހަބަރު
01 Dec 2025 | 19:53
ރާއްޖޭގައި އެއިޑްސް ޖެހޭ މީހުންގެ އަދަދު، އަހަރުން އަހަރަށް އަންނަނީ އިތުރުވަމުން: އެޗްޕީއޭ

ރާއްޖޭގައި އެއިޑްސް ޖެހޭ މީހުންގެ ނިސްބަތް ކޮންޓްރޯލް ނުވެ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި އެޗްއައިވީ ޖެހިފައިތިބި މީހުންގެ އަދަދު އުޅެނީ 53 ގައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުމަސް ނިމުނުއިރު ރާއްޖޭގައި އެޗްއައިވީ ޖެހިފައިތިބި 49 މީހަކު ތިބިކަމަށް އޭރު އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެއީ 7 އަންހެނުންނާއި 43 ފިރިހެނުންނެވެ. އެއަހަރު 6 މީހަކަށް އެޗްއައިވީ ޖެހުނުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ތަފާސްހިސާބަށް ބަލާއިރު 53 މީހަކަށް އެޗްއައިވީ ޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. މީގެތެރެއިން 16 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މިވަގުތު 36 މީހުން ބައްޔަށް ފަރުވާހޯދަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އެޗްއައިވީ ޖެހިފައިވާ މީހަކު ފެނިފައިވަނީ 1991 ވަނަ އަހަރުގެ ތެރޭގައެވެ. 

އެޗް.އައި.ވީ އަށް ފަރުވާގެ ގޮތުގައި އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓް ދޭއިރު، 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ އަންނަނީ ދެމުންނެވެ. އެޗްޕީއޭއިން ބުނާގޮތުގައި ރާއްޖޭގައި އެއިޑްސް ބައްޔަށް ދެވޭ ހުރިހާ ފަރުވާއެއްވެސް ދެމުންދަނީ މުޅިން ހިލެއެވެ.

އެޗްއައިވިއަކީ ރައްކޭތެރިވެވޭއިރު ފަރުވާ ލިބެން ހުރެއެވެ. ނަމަވެސް އެޗްއައިވީއަކީ އެއްކޮށް ފަސޭހަކުރެވޭ ބައްޔެއް ނޫނެވެ. ނަމަވެސް ކަނޑައެޅިފައިވާ ފަރުވާ ޤަވާއިދުން ލިބިގަނެގެން ޞިއްޙަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅެވެއެވެ. ރާއްޖޭގައި ކާކުކަން ނޭނގޭގޮތަށް އެޗްއައިވީއަށް ޓެސްޓް ކުރެވޭއިރު، ލިބޭ ނަތީޖާ އެއްވެސް ފަރާތަކަށް ހާމަނުކުރެވޭގޮތަށް އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. 

އެނގުން މުހިންމު ބައެއް މައުލޫމާތު

-  ބަލިވެ އިންނަތާ، އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ހެދުން ވަރަށް މުހިއްމު، މީގެ ސަބަބުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ ވާސިލްވުން ހުއްޓުވޭ

- އެޗް.އައި.ވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެ

- ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު އޮވޭ

- ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ބޮޑުވާނެ

-  އެޗް.އައި.ވީ ވައިރަސް ހުރި ލެޔަށް ހުށައެޅިގެން

ބަލި ނުފެތުރޭނެ ގޮތްތައް

- މަދިރި ހެފުންފަދަ ކަންކަމުން އެކަކު ގައިން އަނެކަކު ގަޔަށް އެޗް.އައި.ވީ ނުފެތުރޭ

- ލޭ ހަދިޔާ ކުރުމުން

- އެޗް.އައި.ވީ  ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން އެޗް.އައި.ވީ ނުފެތުރޭ

- އެޗް.އައި.ވީ  ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާޚާނާއެއް ބޭނުން ކުރުމުން ނުވަތަ އެއް މާހަލެއްގައި ދިރުއެޗް.އައި.ވީ ނުފެތުރޭ

- އެޗް.އައި.ވީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އަންނައުނު ބޭނުން ކުރުމުން އެޗް.އައި.ވީ ނުފެތުރޭ

އެޗް.އައި.ވީ އިން ރައްކާތެރިވެވޭނެ ގޮތްތައް

- އެޗް.އައި.ވީޖެހިފަ ނުވާ ވަފާތެރި އެއް ބައިވެރިއަކާއެކު ޖިންސީ ގުޅުން ހިންގުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ކުޑަކުރެވެއެވެ.

- އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު / ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުން

- ޞިއްޙީ ޚިދުމަތްތެރިންގެ ލަފާގެ މަތިން އެޗް.އައި.ވީއިން ރައްކާތެރިވުމަށްޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާގޮތުގެ މަތިން ފުރިހަމަކުރުން 

- މާބަނޑު ދުވަސްވަރު ދުރާލާ އެޗް.އައި.ވީ އަށް ޓެސްޓު ކޮށް ޕޮޒިޓިވް ވެއްޖެނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗް.އައި.ވީ ވާސިލްވުމުން ރައްކާތެރިކުރެވޭ

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އެއިޑްސް ދުވަހުގެ ޝިއާރަކީ "ޞިއްޙަތު ކުރިއެރުވުމާއި އެއްބައިވަންތަ މުޖުތަމައެއް ބިނާ ކުރުމަށް ޒުވާނުން ހަރަކާތްތެރިވުން" މިއެވެ. މިޝިޢާރުގެ މަޤްސަދަކީ އެޗް.އައި.ވީ އިން ރައްކާތެރިވުމަށްޓަކައި ކުރެވޭ މަސައްކަތުގައި ޒުވާނުން ބާރުވެރިކުރުވުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.