ތޫފާނުގެ ސަބަބުން އަސަރުކުރި ސަރަހައްދުގައި ކުދިންތަކެއް-
ދުނިޔެ
02 Dec 2025 | 09:39
”މިފަދަ ތޫފާނެއް ޙަޔާތުގައިވެސް ނުދެކެން، ހީވަނީ ސުނާމީއެއް ހެން“ އިންޑޮނޭޝިޔާގެ ރައްޔިތެއް

ފާއިތުވި ހަފްތާގައި އިންޑޮނޭޝިޔާއަށް ކުރިމަތިވި ބޮޑު ތޫފާނުފަދަ ތޫފާނެއް ޙަޔާތުގައިވެސް ނުދެކޭ ކަމަށާ، ތޫފާން އައިއިރު ހީވީ ”ސުނާމީއެއް“ އައިހެން ކަމަށް އިންޑޮނޭޝިޔާގެ އުމުރުން ދުވަސްވީ ރައްޔިތަކު ބުނެފިއެވެ.

އޭޝިޔާ ސަރަހައްދުގައި އުފެދިފައިވާ ވަރުގަދަ ތޫފާނުގައި އިންޑޮނޭޝިޔާއަށްވެސް ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 500 އަށް ވަނީ އަރާފައެވެ.

އަދި ރެސްކިޔު ވޯކާސް އަދިވެސް އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ދިއުމަށް މަސައްކަތް ކުރަމުންދާއިރު، 500 އަށްވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.   

އިންޑޮނޭޝިޔާގެ ކާރިސާ އެޖެންސީން ބުނާ ގޮތުގައި، ތޫފާނުގެ ސަބަބުން އިންޑޮނޭޝިޔާގެ ތިން ޕްރޮވިންސަކަށް އަސަރުކޮށްފައިވެއެވެ. އަދި، ގާތްގަނޑަކަށް 1.4 މިލިއަން މީހުންނަށް އޭގެ އަސަރުކޮށް، އެތައް ހާސް ބަޔަކަށް އަނިޔާވެފައިވެއެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އާޗޭ، ނޯތު ސުމަތުރާ، އަދި ވެސްޓު ސުމަތުރާގެ ޕްރޮވިންސްތަކަށެވެ. މި ސަރަހައްދުތަކުގެ އެތައް ހާސް ރައްޔިތުންނަށް އަދިވެސް ތިބީ އަސާސީ ޚިދުމަތްތައް ނުލިބިއެވެ.

އާޗޭގެ ޕިޑީ ޖަޔާ އަވަށުގެ ރައްޔިތެއް ކަމަށްވާ އަރިނީ އަމާލިއާ ބީބީސީއަށް ބުނީ، ފެން ބޮޑުވިއިރު ހީވީ "ސުނާމީއެއްހެން" ކަމަށެވެ.

"އަހަރެންގެ މާމާ ބުނި ގޮތުގައި، މިއީ މާމަގެ ޙަޔާތުގައި ދުވަހަކުވެސް ނުދެކޭހާ ބިރުވެރި ބޮޑު ތޫފާނެއް ކަމަށް،" އަމާލިއާ ބުންޏެވެ. 

އެހީގެ މަސައްކަތްތެރިން މަސައްކަތް ކުރަމުންދަނީ ފައިމަގުންނާއި ސައިކަލްގައި ގިނަ ހިސާބުތަކަށް ދެވޭތޯއެވެ.

އާއްމު ވެފައިވާ ވީޑިއޯތަކުން ބްރިޖުތައް ވެއްޓި އޮޔާދާ މަންޒަރުތަކާއި، މަގުތައް އެއްކޮށް ފެންބޮޑުވެފައި ހުރި މަންޒަރުތައް ފެނެއެވެ. އަދި ބޮޑެތި ގަސްތައްވެސް ވެއްޓި ފައިހުރި މަންޒަރުތައް ފެނެއެވެ. 

އެގޮތުން ވެސްޓު ސުމަތުރާގައި ހުންނަ ޓްވިން ބްރިޖްސް ކައިރިއަށް ގިނަ އަދަދެއްގެ ގަސްތައްވެއްޓި ކުނިތައް ޖަމާވެފައިވާއިރު، ސަރަހައްދުގެ ރައްޔިތެއް ކަމަށްވާ މަރިޔާނާއަށް، ގެއްލިފައިވާ އޭނާގެ އާއިލާގެ މެންބަރުންގެ ހަށިގަނޑުތައްވެސް އަދި ނުފެންނަ ކަމަށް ބުނެފައިވެއެވެ. ގެއްލުނު މީހުންގެ ތެރޭގައި 15 އަހަރުގެ ދަރިފުޅުވެސް ހިމެނެއެވެ.

އާއިލާގެ މީހުންގެ ހަށިގަނޑު ފެނޭތޯ މަގުތައް ސާފުކުރުމުގެ މަސައްކަތުގައި އެކްސްކަވޭޓަރުތައް ހަރަކާތްތެރިވާ މަންޒަރު ބަލަން ހުންނަކަމަށް އޭނާ ބުނެފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި މި ތޫފާންގެ އަސަރުކޮށްފައިވަނީ އިންޑޮނޭޝިޔާ އެކަންޏެއް ނޫނެވެ. އޭގެ އިތުރުން، އޭޝިޔާގެ އެހެން ގައުމުތައް ކަމަށްވާ ތައިލެންޑް، މެލޭޝިޔާ، އަދި ސްރީލަންކާއަށް ވެސް ބޯކޮށް ވާރޭވެހި ތޫފާންތަކުގެ ސަބަބުން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް